ރާއްޖޭގެ ޚަބަރު ގއ. ވިލިނގިލީ ނެރުމައްޗަށް ބޯއްޓެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގއ. ވިލިނގިލީ ނެރުމައްޗަށް ބޯއްޓެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގއ. ވިލިނގިލީ ނެރުމައްޗަށް ބޯއްޓެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އެމްޓީސީސީ ފެރީއަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި މާލޭ ދެކުނުފަރާތު ފަޅުތެރެއަށް އަޑިއަށްދިޔަ ދޯނި | ފޮޓޯ: އެމް.އެން.ޑީ.އެފް

އެމްޓީސީސީ ފެރީއަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި މާލޭ ދެކުނުފަރާތު ފަޅުތެރެއަށް އަޑިއަށްދިޔަ ދޯނި | ފޮޓޯ: އެމް.އެން.ޑީ.އެފް

މާލެ އަތޮޅާއި ހުވަދުއަތޮޅާ ދެމެދު ދަތުރުކުރާ "ޕްރޮގްރެސް ބޯޓު" ގއ. ވިލިނގިލީ ނެރުމައްޗަށް އަރައި ބޯޓަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ބޯޓުގެ ވެރިފަރާތްކަމަށްވާ ހ. ކަނދޮޅުމާގޭ މުހައްމަދު ތައުފީގު މަޢުލޫމާތު ދިންގޮތުގައި ގއ. ވިލިނގިލީގެ އުތުރު ނެރަށް އެ ބޯޓު އަރާފައި ވަނީ އިއްޔެ ހަވީރު 4:00 ޖަހާ އެހާކަންހާއިރުއެވެ. އަދި ބޯޓުން ދަތުރި ބިދޭސީ ހަތް ފަޅުވެރިންނާއި ދިވެހި ދެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ބޯޓަށާއި ބޯޓުގައި ހުރި މުދަލަށް ގެއްލުން ވެފައިވާ ކަމަށް ވެއެވެ.

އޭނާ ބުނީ ފަރަށް އެރުމުގެ ސަބަބަބުން ބޯޓުގެ ފޫ ގޮސްފައިވާއިރު ބޯޓުގައި ހުރި 50 ވަރަކަށް މީހުންގެ މުދަލުގެ ތެރެއިން ބޮޑުބައެއް ހަލާކުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން އެ ބޯޓަށް ފަސް މިލިއަނާ ގާތްކުރާ އަދަދަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް ވިދާޅުވީ ހާދިސާ މިހިނގި ވަޤުތުން ފެށިގެން ބޯޓަށް އެކި ގޮތްގޮތުން ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އައި ކަމަށާއި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ލޯންޗެއް ޑައިވަރުންގެ ޓީމަކާ އެކު ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިހާރު ފުރާވައިވާ ކަމަށެވެ.

ނެރުމައްޗަށް އެރި ބޯޓު އަދިވެސް ފުންކުރެވިފައި ނުވާއިރު ފުލުހުންނާއި ބޯޓުގެ ވެރި ފަރާތުން އަންނަނީ ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ. ފަރަށް އެރުމުން ލިބުނު ގެއްލުމުގައި ބޯޓުގެ އަޑި ވަރަށް ބޮޑަށް ހަލާކުވެ ބޯޓު ތެރެއަށް ފެންގަނޑު ވައްދާލާފައިވާ ކަމަށާއި މިހާރު އަންނަނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ތައުފީގު ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.