އަރަބިދުނިޔެ ރަސްމީ ގޮތުން ފަލަސްޠީނުގެ ދައުލަތުގެ މަސައްކަތް ކުރިއަށް...

ރަސްމީ ގޮތުން ފަލަސްޠީނުގެ ދައުލަތުގެ މަސައްކަތް ކުރިއަށް...

ރަސްމީ ގޮތުން ފަލަސްޠީނުގެ ދައުލަތުގެ މަސައްކަތް ކުރިއަށް...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

640x392_19416_259095
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް، މިދިޔަ އާދީއްތަ ދުވަހު، ރަސްމީ ގޮތުން 'ސްޓޭޓް އޮފް ޕެލަސްޓައިން' މި ނަމުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ މުސްތަޤިއްލު ޕާސްޕޯރޓުތަކާއި، އައިޑީ
ކާރޑުތަކާއި، ދުއްވުމުގެ ލައިސަންސްތަކާއި، އެދައުލަތުގެ އަމިއްލަ ސްޓޭމްޕުތައް އުފައްދުމަށް އަމުރު ނެރުއްވައިފިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޢައްބާސް ވަނީ ޚާރިޖީ ވުޒާރާއަށާއި، ބޭރުގެ އެމްބަސީތަކަށް، ރަސްމީ ލިޔެކިޔުންތަކާއި ގުޅުންތަކުގައިވެސް 'ސްޓޭޓް އޮފް ޕެލަސްޓައިން' މިހެން ބޭނުންކުރެއްވުމަށް އަންގަވައިފައެވެ.
ރަޢީސް މަޙްމޫދު ޢައްބާސް ވިދާޅުވާގޮތުގައި މިގޮތަށް ލިޔެކިޔުންތައް ބަދަލުކުރުމުން ފަލަސްޠީނުގެ ދައުލަތް އެބިމުގައި ބިނާކޮށް، ފަލަސްޠީނުގެ އަމިއްލަ ބާރު އެކަނި އެދައުލަތުގައި ހިންގުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
މީގެ ކުރިން ރައީސް ޢައްބާސްގެ ސަރުކާރުން ދޫކުރައްވާ ޕާސްޕޯރޓުތަކާއި، ރަސްމީ ލިޔެކިޔުންތަކުގައި ލޭބަލްކުރެވިގެންވަނީ އެއީ ޕެލަސްޓީނިއަން އޮތޯރިޓީ އިން ދޫކުރެވިފައިވާ ލިޔުމެއްގެ ގޮތުގައެވެ.
ދުނިޔެ ޤަބޫލުކުރާ ފަދަ ދައުލަތެއްގެ ދަރަޖަ ފަލަސްޠީނަށް ލިބިގެންދިޔައީ 2012 ވަނަ އަހަރު އދ ން ބޭއްވި ވޯޓަކުން ފަލަސްޠީނަށް ދައުލަތެއްގެ ދަރަޖަ ދޭން ފެންނަ ކަމަށް ފާސްވެގެންނެވެ. ފަލަސްޠީނުން މިހުށަހެޅުން އދ އަށް ހުށަހަޅާފައިވަނީ މިމައްސަލާއިގައި އެމެރިކާ އާއި އިސްރާއީލުގެ ހަރުކަށި ފާޑުކިޔުންތައް ފަލަސްޠީނަށް އަމާޒުވެފައިވަނިކޮށެވެ. އިސްރާއީލު ސަރުކާރުން ދެކޭގޮތުގައި ފަލަސްޠީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދެވޭނީ ފަލަސްޠީނާއި އިސްރާއީލާއި ދެމެދު ވާހަކަދެކެވިގެން، އެއްބަސްވުމަކަށް ޢާދެވިގެންނެވެ.

ޓެގް

ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.