
ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން މިއަހަރު ޢުމްރާވެރިންނަށް އީ-ސާރވިސްގެ ޚިދުމަތް ދެއްވަން ފައްޓަވައިފިއެވެ.
މި މިނިސްޓްރީން 6 ޖެނުއަރީގައި ނެރުއްވި ބަޔާނެއްގައިވާ ގޮތުގައި މި އާސިސްޓަމްގެ ޒަރިއްޔާއިން މިހާތަނަށް ޢުމްރާ ވިސާއަށް އެދި 50 އަށް ވުރެ ގިނަ ޤައުމުން 700 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައިވެއެވެ.
މިނިސްޓްރީ އޮފް ޙައްޖުން މިހާރު ގެންދަވަނީ އެ މިނިސްޓްރީ ހިންގުމުގެ މައިގަނޑު ނިޒާމާއި، އެޑްމިނިސްޓްރޭޓިވް އިންފްރާންސްޓްރަކްޗަރ އިތުރަށް ތަރައްޤީ ކުރައްވާ، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެއްވާ ކޮމްޕެނީތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރެއްވުމަށްޓަކައި ދިރާސާތަކެއް ހައްދަވަމުންނެވެ.
ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށް މިނިސްޓްރީ އޮފް ޙައްޖުން ރާއްވަވާފައިވާ ޕްލޭންގައި އެ މިނިސްޓްރީގެ އިލެކްޓްރޯނިކް ޚިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ވަނީ ދެއްވާފައެވެ. މިގޮތުން މިމިނިސްޓްރީން ދެއްވާ ހުރިހާ ޚިދުމަތްތަކެއް އީ ސާރވިސް މެދުވެރިކުރައްވާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޢުމްރާއަށާއި ޙައްޖަށް އީ ސާރވިސް ރަނގަޅުކުރައްވާ ތަޢާރަފުކުރައްވާ، ބޭރުގެ އެޖެންޓުންނާއި ދެމެދު އޮންނަ އިލެކްޓްރޯނިކް ގުޅުންތައް ރަނގަޅުކުރައްވާ، އީ- ސާރވިސް ތަރައްޤީ ކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީންވަނީ އެތައް ފިޔަވަޅުތަކެއް އަޅުއްވާ، އެތައް ފައިސާއެއް ޚަރަދު ކުރައްވާފައެވެ.
ހަމައެކަނި މިދިޔަ އަހަރުވެސް ދުނިޔޭގެ އެކިއުމްރާގެ އަޅުކަން އަދާކުރުމަށް އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ.
ޢުމްރާވެރިންނަށް އީ- ސާރވިސްގެ ޚިދުމަށް ފޯރުކޮށްދެނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...