މީގެ 5 އަހަރު ކުރިން ޣައްޒާގައި އޮތް ފަތަޙަ ޖަމާޢަތުގެ ވެރިކަން ވެއްޓި، އެ ބާރު އަޣުލަބިއްޔަތުން ޙަމާސް ޖަމާޢަތަށް ލިބުނު ފަހުން، ފަތަޙަ ޖަމާޢަތަށް ޣައްޒާގައި ފުރަތަމަ ފަހަރަށް އެއްވުމެއް ބޭއްވުމުގެ ހުއްދަ ލިބިއްޖެއެވެ.
މިގޮތުން ފަތަޙަ ޖަމާޢަތުގެ 48 ވަނަ އަހަރީ ދުވަސް ވަނަ އަހަރީ ފާހަގަ ކުރުމަށްތަކައި އެޖަމާޢަތުގެ ސަޕޯރޓަރުންވަނީ މިދިޔަ ހުކުރު ދުވަހު އެޖަމާޢަތުގެ މުއައްސިސު އަދި ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތުގެ ކަޅާއި ރީނދުލުގެ ދިދަތައް އުފުލަމުން އެއްވުމުގެ ސަރަހައްދަށް ޖަމާވެފައެވެ.
މިއެއްވުމުގައި ބައިވެރިވުމަށްޓަކައި އެހެން ރަށްރަށުގައި ތިބި ފަތަޙު ޖަމާޢަތުގެ ސަޕޯރޓަރުންވެސް ވަނީ ޣައްޒާ އަށް ދަތުރުކޮށް ފަލަސްޠީނާއި ފަތަޙުގެ ދިދަތައް ވިހުރަމުން ޣައްޒާގެ މަގުތަކުގައި ދުއްވާފައެވެ.
ފަލަސްޠީނުގެ އިރުމަތީ އައްސޭރީގައި އެންމެ ބޮޑަށް ސަޕޯޓު އޮންނަނީ ފަތަޙު ޖަމާޢަތަށެވެ. މިދިޔަ މަހު ފަލަސްޠީނުގެ މިހާރުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ޙަމާސް ޖަމާޢަތުގެ ސަޕޯރޓަރުންނަށް އިރުމަތީ އައްސޭރީގައި އެ ޖަމާޢަތުގެ އެއްވުމެއް ބޭއްވުމަށް ހުއްދަ ދެއްވާފައެވެ. މިއީ ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
މިއީ އެތައް އަހަރެއްގެ ބައިބައިވުމާއި ދެކޮޅުވެރިކަމަށްފަހު ދެ ޖަމާޢަތުގެ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށްޓަކައި މި ދެ ޖަމާޢަތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅުނު އުއްމީދީ، ރަނގަޅު ފިޔަވަޅެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...