ރާއްޖޭގެ ޚަބަރު މިއަހަރުގެ ކިޔެވުން ފެށޭއިރު އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދިނުން ފެށޭނެ

މިއަހަރުގެ ކިޔެވުން ފެށޭއިރު އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދިނުން ފެށޭނެ

މިއަހަރުގެ ކިޔެވުން ފެށޭއިރު އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދިނުން ފެށޭނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
2011 ވަނައަހަރު އަރަބިއްޔާ އާ އިމާރާތުގެ ބިންސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީ | ދިއިސްލާމް ފައިލް ފޮޓޯ

2011 ވަނައަހަރު އަރަބިއްޔާ އާ އިމާރާތުގެ ބިންސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީ | ދިއިސްލާމް ފައިލް ފޮޓޯ

މި 2013 ވަނައަހަރުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައިދިނުން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޢަލީ ވިދާޅުވެފައި ވާގޮތުގައި މި ހަފްތާ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ހުރިހައި މަސައްކަތް ތަކެއް ނިމޭނެ ކަމަށާއި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކިޔެވުން ފަށާއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭނީ އެ ސްކޫލްގެ އާ އިމާރާތުގައި ކަމަށް ވިދާޅުވިއެވެ.

އައިމިނަތު ޢަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް މި ހަފްތާ ތެރޭގައި ނިންމާ ލެވޭނެ ކަމުގެ ފުރިހަ ޔަޤީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށާއި އެހެން ކަމުން މި ހަފްތާ ތެރޭގައި ތަކެތި ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައި ދޭން ފަށާ އިރު އެ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާނެ ހުރިހައި ހިދުމަތް ތަކެއް ފުރިހަމަ ވެފައި ހުންނާނެ ކަމަށާއި ސްކޫލް ތަކުގެ ކިޔެވުން ފަށާއިރު އަރަބިއްޔާ ސްކޫލްގެ ހުރިހައި ޓީޗަރުން ވެސް ހަމަ ވާނެ ކަމަށް އައިމިނަތު ވިދާޅުވިއެވެ.

މި ސަރުކާރުގެ ތައުލީމީ ނިޒާމުގައި އަރަބިއްޔާ ސްކޫލަކީ ވަރަށް ހާއްސަ ސަމާލު ކަމެއް ދެމުންދާ ސްކޫލެއް ކަމަށާއި އޭގެ މައިގަޑު ސަބަބަކީ އަރަބިއްޔާ ސްކޫލްގައި ދެމުންދާ ފަދަ ތައުލީމެއް ރާއްޖޭގެ އެހެން ސްކޫލެއްގައި ދެމުން ނުދާތީ ކަމަށެވެ.

ނިމިގެން ދިޔަ އަހަރު އަރަބީއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ގެންގޮސްފައި ވަނީ ކުރީގެ އެމްއީއެސް ހިންގަމުން ދިޔަ އިމާރާތުގައެވެ. އެ ސްކޫލްގެ ދަރިވަރުން ކުރީގެ އެމްއީސް ހިންގަމުން ގެންދިޔަ އިމަރާތަށް ބަދަލު ކުރަން ޖެހުނީ އެ ސްކޫލްގެ ދަރިވަރުން ކިޔަވަމުން ދިޔަ އިމާރާތް ބާވެ އެތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.