ރާއްޖޭގެ ޚަބަރު މަތީ ތަޢުލީމުގެ ލޯންގެ ފުރުޞަތު އަންނަމަހު ހުޅުވާލަނީ

މަތީ ތަޢުލީމުގެ ލޯންގެ ފުރުޞަތު އަންނަމަހު ހުޅުވާލަނީ

މަތީ ތަޢުލީމުގެ ލޯންގެ ފުރުޞަތު އަންނަމަހު ހުޅުވާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މަތީ ތަޢުލީމުގެ އެހީ ދިނުމުގެ ދާއިމީ ސްކީމް ތައް އިފްތިތާޙް ކުރުމުގެ ޖަލްސާގެ ތެރެއިން

މަތީ ތަޢުލީމުގެ އެހީ ދިނުމުގެ ދާއިމީ ސްކީމް ތައް އިފްތިތާޙް ކުރުމުގެ ޖަލްސާގެ ތެރެއިން

މަތީ ތައުލީމު ހާސިލްކުރުމަށް ދޫކުރާ ލޯން ސްކީމްގެ ފުރުޞަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޢަލީ ވިދާޅުވީ މަތީ ތައުލީމުގެ ބަޖެޓް އެ މިނިސްޓްރީއަށް ލިބުނީ މިދިޔަމަހު 31 ގައި ކަމަށާއި އެ ބަޖެޓް ބައިކޮށް، މަތީތައުލީމަށް ހަރަދު ކުރާނެ ގޮތްތައް ކަނޑައަޅަމުން އެބަގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިމިނަތު އަލީ ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް ޚާއްސަކޮށްގެން މި އަހަރު ކަނޑައަޅާފައި އޮތީ ކުރީ އަހަރަށް ވުރެ ކުޑަ ބަޖެޓެކެވެ. ނަމަވެސް ސަރުކާރުން ވަޢުދުވެފައިވާ 1،000 ލޯން ސްކީމްގެ ފުރުޞަތު މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމަށް 526 ދަރިވަރުން ކުރިމަތިލާފައިވާ އިރު އެންމެ ގިނަ ކުދިން އެދިފައިވަނީ ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.