ރާއްޖޭގެ ޚަބަރު ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ހ.ދ ކުޅުދުއްފުށި | ފޮޓޯ: ކުޅުދުއްފުށިއޮންލައިން

ހ.ދ ކުޅުދުއްފުށި | ފޮޓޯ: ކުޅުދުއްފުށިއޮންލައިން

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކާމެދު ގަދަކަމުން އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކޮށް އުމުރުން 77 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީގައި މުސްކުޅިއަކު ގަދަކަމުން އެއްޖިންސުން ގުޅުންހިންގާފައި ވަނީ 16 އަހަރުގެ ކުޑަކުއްޖަކާ ކަމަށްވެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ކޯޓް އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ދަނީ މީގެ އިތުރުންވެސް 18 އަހަރުން ދަށުގެ ކުދިންނާ ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ ތިން މައްސަލައެއް ބަލަން ފަށާފައެވެ. އެގޮތުން މިދިޔަ މަހުގެ 31 ގައި މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 55 އަހަރުގެ ފިރިހެނެއްގެ މައްސަލައާއި އަދި ހަމަ އެ ދުވަހު ގދ. ގައްދޫގައި 13 އަހަރުގެ ކުއްޖަކު ރޭޕުކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ 2 ކުއްދިން ވަނީ ހައްޔަރުކޮށްފައެވެ.

އަދި މިދިޔަ މަހުގެ 29 ގައި ވިލިމާލެ އިން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.