ނިމިގެންދިޔަ 2012 ވަނަ އަހަރު އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ޢައްޒާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި 278 މީހުން މަރުވެ، 2158 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2012 ވަނަ އަހަރު މަރުވި 278 މީހުންގެ ތެރެއިން 189 މީހުން މަރުވެފައި ވަނީ ނޮވެމްބަރު މަހު ޞިހްޔޫނީ ޢަސްކަރިއްޔާއިން ޣައްޒާ އަށް ދިން 8 ދުވަހުގެ ޢުދުވާނީ ޙަމަލާތަކުގައެވެ.
ރިޕޯޓްގައިވާ ގޮތުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 251 ފިރިހެނުންނާއި، 27 އަންހެނުންނެވެ. އަދި 5 އަހަރުން ދަށުގެ 18 ކުޑަކުދިންވެސް ހިމެނެއެވެ. ޒަޚަމްވި 2158 މީހުންގެ ތެރެއިން 1526 މީހުންނަކީ ނޮވެމްބަރު މަހުގެ ޙަމަލާތަކުގައި ޒަޚަމްވި މީހުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 517 އަންހެނުންނާއި 5 އަހަރުން ދަށުގެ 212 ކުޑަކުދިން ހިމެނެއެވެ.
2011 ވަނަ އަހަރާއި އަޅައިބަލާއިރު 2012 ވަނަ އަހަރު މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢަދަދު މައްޗަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު 8 ދުވަސް ވަންދެން މެދުކެނޑުމެއްނެތި އިޒްރޭލުގެ ޢަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދިޔަ ޙަމަލާތަކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...