ރާއްޖޭގެ ޚަބަރު ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނާ ދަރިފުޅު ހަވާލުކުރީ ބިރުން ކަމަށާއި އެކުށައް ތަޢުބާވާ ކަމަށް ކުއްޖާގެ މަންމަ ބުނެފި

ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނާ ދަރިފުޅު ހަވާލުކުރީ ބިރުން ކަމަށާއި އެކުށައް ތަޢުބާވާ ކަމަށް ކުއްޖާގެ މަންމަ ބުނެފި

ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނާ ދަރިފުޅު ހަވާލުކުރީ ބިރުން ކަމަށާއި އެކުށައް ތަޢުބާވާ ކަމަށް ކުއްޖާގެ މަންމަ ބުނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ތުއްތު ކުއްޖާގެ މަންމަ ދިރިއުޅެމުން ގެންދާ "މ.ރިލީޒް" ގެ | ފޮޓޯ : ހަވީރު

ތުއްތު ކުއްޖާގެ މަންމަ ދިރިއުޅެމުން ގެންދާ "މ.ރިލީޒް" ގެ | ފޮޓޯ : ހަވީރު

ގެއެއްގެ ތެރޭގައި އެކަނި އޮވެގެން ވިހެއުމަށް ފަހު އެއީ "ހޮވި ކުއްޖެއް" ކަމަށް ބުނެ ފުލުހުންނާ ދަރިފުޅު ހަވާލުކުރީ ބިރުން ކަމަށާއި އެކުށަށް އަޢުބާވެ އެކަމަށް މައާފަށް އެދޭކަމަށް އެ ކުއްޖާގެ މަންމަ ބުނެފިއެވެ.

މ. ރިލީޒް ގޭގައި ދިރިއުޅެމުން އަންނަ އުމުރުން، 37، އަހަރުގެ އަންހެން މީހާ ކިޔައިދިން ގޮތުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ އެކަނި އޮވެ ވިހެއި ކުއްޖާއަކީ ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރީ ބިރުން ކަމަށާއި އޭނާ އަށް އެކުރެވުނީ ކުށެއް ކަން ޤަބޫލް ކުރާކަމަށް ބުންޏެވެ. އަދި އެ ދަރިފުޅާ މެދު ކަނބޮޑުވެ ހަދާނެ ގޮތް ހުސްވީ އެ ކުއްޖާ ވިހޭތާ އެތައް އިރެއްވި ފަހުން ކަމަށާއި އެ ދަރިފުޅު ހޯދުމަށްޓަކައި ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ކުރީގެ ފިރިމީހާ އަށް އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނދެގެން ވިހެއިކަން އެނގިއްޖެއްޔާ އަހަރެން ބަލަހައްޓަމުން އަންނަ 18 އަހަރުން ދަށުގެ ހަތަރު ކުދިންނާ އަޅާނުލާފާނެތީ ހަދާނެ ގޮތް ހުސްވެގެން ހެނދުނު ދޮގެއް އެއީ. އެއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއް، އެކަމަށް ތައުބާވެ، އެކަމަށް މާއާފަށް އެދެން. [އެންމެންގެ ކިބައިން]. ފުލުހުންނާއި ޖެންޑާ މިނިސްޓްރީގައި ވެސް ވާނީ އެދަރިފުޅު ބޭނުންވެގެން އެދިފައި، އެދަރިފުޅު ދެކެ އެހެން ދަރިންނެކޭ އެއް ފަދައިން ލޯބިވޭ،" އެކުއްޖާގެ މަންމަ ވަރަށް ދެރަވެފައި ކިޔައިދިން ކަމަށް ވެއެވެ.

އެތުއްތު ކުއްޖާއަކީ ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނަށް އެރޭ ފަތިހު އޭނާގެ ކުރީގެ ފިރިމީހާ ލައްވައި ރިޕޯޓް ކުރީ ވެސް ވިހެވުމަށް ފަހު އެ ކުއްޖާ ސާފުކޮށް، އެކުއްޖާ އަށް ގާތުން ދިނުމަށް ފަހު، ގޭތެރެއާއި ތަންތަން ސާފުކޮށް ނިމިގެން ކަމަށް އެމައްސަލާގައި މިހާރު ގޭ ބަންދުގައި ހުރި އެތުއްތު ކުއްޖާގެ މަންމަ ބުންޏެވެ. އަދި ދުވަސް ފުރާ ވިހެއި އެ ދަރިފުޅަށް އޭނާ ބަލިވެ އިންފަހުން އެންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކާފައެއް ނުވާނެ ކަމާށާއި ވިހެވުމަށް ފަހު ވެސް އޭނާ ސިއްހީ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ބަނޑު ބޮޑުކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި ނަމަވެސް ބަނޑު ބޮޑުކަން ނޭންގުމަށް ޓަކައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ބުންޏެވެ.

އެ ކުއްޖާ ހޯދުމަށް އެކުއްޖާގެ މަންމަ ވަނީ ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގައި ވެސް އެދިފައެވެ. ނަމަވެސް އެކުއްޖާ އޭނާގެ މަންމައާ ހަވާލުކުރުމާމެދު ޖެންޑާ މިނިސްޓްރީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެ ދަރިފުޅު މަންމައާ ހަވާލުކުރާނީ ޖެންޑާ އިން ބަލަންޖެހޭކަންތައްތަކެއް ބެލުމަށް ފަހު ކަމަށް ވެސް ޖެންޑާ އިން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.