ރާއްޖޭގެ ޚަބަރު 16 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފި

16 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފި

16 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ : ޕޮލިސް

ފޮޓޯ : ޕޮލިސް

ވިލިމާލޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފިއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި އެ މައްސަލައިގެ ތުހުމަތު ކުރެވޭ ގ. ރެޑްކޮރަލް އުމުރުން 33 އަހަރުގެ މުޙައްމަދު ޢަބްދުއް ޝަކޫރު، ހައްޔަރުކޮށްފައި ވަނީ އޭނާ ފިލައިގެން އުޅެނިކޮށް ރައްޔިތުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އެހީގައި ވިލިމާލެ އިންނެވެ. އަދި މީނާ މިޢަމަލު ހިންގާފައިވަނީ އިއްޔެގެ މެންދުރު 13:00 ހާއިރު ކަމަށާއި އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މީނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއާ އެކު މީހަކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައި ވަނީ އިއްޔެގެ މެންދުރު 13:00 އެހާކަންހާ އިރު ވިލިމާލެ މަގުމަތިން އެ ކުއްޖާގެ ފިރިހެން ކޮއްކޮއާ އެކު ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރު ކުރުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.