14 ނޮވެމްބަރު 2012 އިންފެށިގެން އިއްޔެއާ ހަމައަށް ސީރިއާ ރިލީފް މެދުވެރިކޮށް ދިވެހި ރާއްޖޭން 5918 އެމެރިކާ ޑޮލަރު ޑޮނޭޓް ކޮށްފައިވާކަމަށް ސީރިއާ ރިލީފުން ބުނެފިއެވެ.
ސިރިއާ ރިލީފް ގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި ސީރިޔާ ރިލިފް މެދުވެރިކޮށް އޮންލައިންކޮށް ފައިސާގެ އެހީ ސީރިއާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި ސީރިއާރިލީފް.އެމްވީ ގެ ނަމުގައި ސައިޓެއް ހުޅުވައި އޮންލައިންކޮށް ފައިސާގެ އެހީ ވެވޭނެގޮތް ވަނީ ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ދިނެވެ.
އޮންލައިންކޮށް ޕޭޕަލް އެކައުންޓް ގެންގުޅުއްވާ ހުރިހާ ބޭފުޅުންނަށްވެސް ޑޮނޭޓްކުރެވޭނެ ކަމަށާއި ޑޮނޭޓްކުރެވޭ ހުރިހާ ފައިސާ އެއް ދާނީ ސޫރިޔާގައި ވަރަށް ފުޅާ ދާއިރާއެއްގައި އިންސާނީ އެހީދޭ ޖަމާއަތެއް ކަމުގައިވާ ސީރިޔާ ރިލީފްގެ ރިލީފް ފަންޑަށް ކަމަށް މަޢުލޫމާތު ދެއެވެ. އަދި ސީރިޔާ ރިލީފަކީ އިގިރޭސިވިލާތުގެ ޗެރިޓީ ކަމިޝަންގައި ރެޖެސްޓަރ ކުރެވިގެން ސީރިޔާގެ ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމަށް ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވެސް މަޢުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...