ދަރުސް ޚަބަރު އަދާލަތު ޕާޓީ ދެމިއޮތުމަށް މަސައްކަތް ކުރުމަކީ ދީނަށްޓަކާ ކުރެވޭ ހެޔޮކަމެއްކަމުގައި ދެކެން: ޝެއިޚް ޝަމީމް

އަދާލަތު ޕާޓީ ދެމިއޮތުމަށް މަސައްކަތް ކުރުމަކީ ދީނަށްޓަކާ ކުރެވޭ ހެޔޮކަމެއްކަމުގައި ދެކެން: ޝެއިޚް ޝަމީމް

އަދާލަތު ޕާޓީ ދެމިއޮތުމަށް މަސައްކަތް ކުރުމަކީ ދީނަށްޓަކާ ކުރެވޭ ހެޔޮކަމެއްކަމުގައި ދެކެން: ޝެއިޚް ޝަމީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ޕީސް ފައުންޑޭޝަން އިން ބޭއްވި "ހައްދު ޤާއިމް ކުރަންވީ ކީއްވެ" ދަރުސްގެ ތެރެއިން

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ޕީސް ފައުންޑޭޝަން އިން ބޭއްވި "ހައްދު ޤާއިމް ކުރަންވީ ކީއްވެ" ދަރުސްގެ ތެރެއިން

އަދާލަތު ޕާޓީ ދެމިއޮތުމަށް މަސައްކަތް ކުރުމަކީ ދީނަށްޓަކާ ކުރެވޭ ހެޔޮކަމެއްކަމުގައި ދެކޭކަމަށް އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފިއެވެ.

ޝެއިޚް ޝަމީމް ގެ ފޭސްބުކް ޕޭޖްގެގައި ލިޔެފައިވާ ގޮތުގައި ”އަދާލަތު ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިސްލާމް ދީނަށްޓަކާ، ޤުރުއާނާއި ސުންނަތަށް ނަޞްރުދީ، ލާދީނީ ފިކުރުތަކާއި މަސައްކަތްތަކާ އިދިކޮޅު ވިސްނުމުގައި ވުޖޫދަށްއައި ހަމައެކަނި ޕާޓީ“ ކަމަށާއި ”އެކަން އެޕާޓީގެ ސިޔާސަތުން ސާބިތު ކޮށްދޭ“ ކަމަށް ލިޔެފައި ވެއެވެ.

”އަދާލަތު ޕާޓީ ދެމިއޮތުމަށް މަސައްކަތް ކުރުމަކީ ދީނަށްޓަކައި ކުރެވޭ ހެޔޮކަމެއް ކަމުގައި ދެކެން، ’އަލްވަލާ ވަލްބަރާ‘ މުއުމިނުންނާ ގާތްކަން ބޭއްވުމާއި ލާދީނީ މީހުންނާ ރުޅިވެރިކަން ބޭއްވުމުގެ މަތިވެރި އަޤީދާގެ ތެރެއިން ވަންނާނެ ކަމެއް ކަމުގައި ޤަބޫލް ކުރަން“ ޝެއިޚް ޝަމީމް ލިޔެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ސިޔާސީ ޕާޓީ ތަކާ ބެހޭ ބިލުގައި 10,000 (ދިހަ ހާސް) މެމްބަރުންގެ އަދަދަށް ވުރެ ދަށުގެ ސިޔާސީ ޕާޓީތައް އުވާލުމަށް ވަނީ ފާސް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.