ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ ހިޖްރަ ކޭމްޕްގެ ދަތުރު މިއަދު ހެދުނު ފަށައިފި

ޖަމްޢިއްޔަތުއްސަލަފުގެ ހިޖްރަ ކޭމްޕްގެ ދަތުރު މިއަދު ހެދުނު ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުން މި ޢީދު ޗުއްޓީ ހެޔޮގޮތުގައި ހޭދަކުރުމަށް ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން އިޢްލާން ކުރި "ހިޖްރަ ކޭމްޕް" ގެ ރަސްމީ ދަތުރު މިއަދު ހެދުނު ފަށައިފިއެވެ.

މާލެއިން ފުރީ ހެނދުނު 7 ޖަހާއިރުއެވެ. މި ދަތުރުގައި މާލެއިން ފުރަން ކަނޑައެޅިފައިވާ ހުރިހާ ބައިވެރިން ފުރިއިރު މާލެ އަތޮޅުން ތަފާތު ލޮކޭޝަންތަކުން ބައިވެރިން ގުޅޭނެކަމަށް މަޢްލޫމާތު ލިބިފައިވެއެވެ. ޚަބަރު ލިބިފައިވާގޮތުގައި މި ކޭމްޕަކީ ވަރަށް ގިނަ ކަންކަން ޒުވާނުންނަށް ދަސްކޮށްދިނުމަށް ބޭއްވޭ ޔޫތް ކޭމްޕެކެވެ. މި ކޭމްޕްގައި ލީޑަރޝިޕް ވޯކްޝޮޕަކާއި ޕާރސަނަލަލް ހައިޖީން އަދި ފިޒިކަލް ފިޓްނަސްގެ ވަރަށް ޚާއްސަ ވޯކްޝޮޕްތަކެއް ބާއްވާނެއެވެ. ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޭމްޕްގައި ރޭކުރުމަށް ހަމަޖެހިފައިވަނީ ވ.ތިނަދޫގައެވެ. ނަމަވެސް ކޭމްޕްގެ ހުރިހާ މެންބަރުން ތިބޭނީ ރަށުގެ އާބާދީއާއި ދުރުގައި ވަލުފަރާތުގައި ކޭމްޕްޖަހައިގެންނެވެ. ދަތުރަށް ފުރުމުގެކުރިން ރޭގެ ވަގުތެއްގައި ބޭއްވުނު ބައްދަލުވުމެއްގައި ދަތުރުގައި ގެންދިއުން މަނާތަކެތި އިޢްލާން ކުރެވުނެވެ. އޭގެތެރޭގައި ދުންފަތުގެ އެއްވެސް ބާވަތަކާއި މަސްތުވާތަކެއްޗާއި އަލިފާން ރޯކުރާ ހުހިރާއެއްޗެއް ދަތުރުގެ ބައިވެރިންނަށް މަނާކުރެވިފައިވެއެވެ. އަދި ތޫނު ވަޅިއާއި އެއްވެސް ބައިވެރިއަކު ޒަޚަމްވެދާފަދަ އެއްވެސް އެއްޗެއް ގެންދިއުމަކީ ދަތުރުގެ ބައިވެރިން ދަތުރުން ޑިސްކާރޑް ކުރެވޭނެ ކަމެއްކަމުގައި އެންގިފައިވެއެވެ.

މި ދަތުރަކީ އިޖްތިމާޢީ ޒާތީ ދިރިއުޅުމުގައި ކަންކަން ކުރާނެގޮތާއި ދީނީގޮތުން އޮޅުން އަރާފައިވާކަންކަން ޒުވާނުންނަށް ފިލުވައިދީ ދީނީގޮތުން އިޚްތިލާފްތައް ހުއްޓުވުމާއި އެހެންމީހުންނާއި އިސްލާމީ ރިވެތި ގިއުގަނޑުގެ ތެރޭގައި މުޢާމަލާތުކުރަން ދަސްކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމުގައި ދަތުރުގެ އޮފިޝަލަކު   ދިއިސްލާމްއަށް މަޢްލޫމާތު ދެއްވިއެވެ. ދަތުރުގެ ބައިވެރިން މާލެއަންނާނީ ދެ ދުވަސްފަހުން ކަމުގައި މަޢްލޫމާތު ދީފައިވެއެވެ.

ދަތުރާއި ބެހޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފުކުރަން ބޭނުން ފުޅުނަމަ ދަތުރުގެ އެޑްމިނިސްޓްރޭޓަރ އާއި ގުޅުއްވުމަށް 7792270 އާއި ގުޅުއްވައިގެން މަޢްލޫމާތު ހޯއްދެވިދާނެއެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.