ރާއްޖޭގެ ޚަބަރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 100 ރަބަރު ޕެކެޓާއެކު 3 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 100 ރަބަރު ޕެކެޓާއެކު 3 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 100 ރަބަރު ޕެކެޓާއެކު 3 މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ 100 ރަބަރު ޕެކެޓް | ފޮޓޯ : ޕޮލިސް

ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ 100 ރަބަރު ޕެކެޓް | ފޮޓޯ : ޕޮލިސް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 100 ރަބަރު ޕެކެޓާއި އެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 20 އަހަރު އަދި 21 އަހަރުގެ ދެ ފިރިހެނުންނާއި ޢުމުރުން 23 އަހަރުގެ އަންހެނެކެވެ. މި އެންމެނަކީވެސް ދިވެހީންނެވެ.

ފުލުހުން ހާމަކުރާގޮތުގައި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 2012 ޑިސެމްބަރު 24 ވަނަދުވަހުގެ 19:00 ހާއިރު ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގ.ކަރަންކާމާގޭގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ.

ފުލުހުން ބުނީ ކޯޓު ޢަމުރެއްގައި ދަށުން ފުލުހުން ގ.ކަރަންކާމާގޭގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ފޮށިގަނޑެއްގެ ތެރޭގައި ހުރި ސިޓީއުރައެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބުލެޓް ސައިޒުގެ 100 ރަބަރު ޕެކެޓް ފެނިފައި ވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.