ރާއްޖޭގެ ޚަބަރު މާލިއްޔަތުގެ ޤާނޫނަށް ދެވަނަ އިސްލާހު ގަނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

މާލިއްޔަތުގެ ޤާނޫނަށް ދެވަނަ އިސްލާހު ގަނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

މާލިއްޔަތުގެ ޤާނޫނަށް ދެވަނަ އިސްލާހު ގަނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަނީ | ފޮޓޯ : މަޖިލިސް

ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަނީ | ފޮޓޯ : މަޖިލިސް

ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.

އެ އިސްލާހު ތަސްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއު ކޮށްފައެވެ. މިއީ، މި މަހުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރި އިސްލާހެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހަކީ، އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހެވެ. އެ އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.