ރާއްޖޭގެ ޚަބަރު ޕީޕީއެމް ޤައުމީ ހަރަކާތުން ވަކިވެއްޖެ

ޕީޕީއެމް ޤައުމީ ހަރަކާތުން ވަކިވެއްޖެ

ޕީޕީއެމް ޤައުމީ ހަރަކާތުން ވަކިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
23 ޑިސެމްބަރުގެ ބޮޑު މުޒާހަރާއަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އަޖްނާދް އަލީ

23 ޑިސެމްބަރުގެ ބޮޑު މުޒާހަރާއަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އަޖްނާދް އަލީ

ސިޔާސީ ބައެއް ޕާޓީތަކާއި މަދަނީ ބައެއް ޖަމްއިއްޔާތައް އެކުވެގެން އުފައްދާފައިވާ ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތުން ޕީޕީއެމް ވަކިވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޤައުމީ ހަރަކާތުން ވަކިވުމަށް ޕީޕީއެމްއިން ނިންމާފައި ވަނީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

މަހުލޫފް ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ޤައުމީ އިއްތިހާދުން ބޭއްވި ބޮޑު މުޒާހަރާއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކި މީހަކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާދިމާލަށް އެއްޗެހި ކިޔާފައިވާތީ ކަމަށެވެ.

ޤައުމީ އިއްތިހާދުން މިހާރު އަންނަނީ "ރައްޔިތުންގެ މަޖިލިސް އަނބުރާ ރައްޔިތުންނަށް" މި ނަމުގައި މަޖިލީހާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މެންބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.