މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ސެލޯފިން ކޮޅާއެކު މީހަކު ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތުލުސްދޫ މަގުމަތިން ކަމަށެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ސެލޯފިންކޮޅު ފެނިފައިވަނީ މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު މީނާ އެއްލައިލި ރަބަރު ޕެކެޓެއްގެ ތެރެއިން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މަސްތުވާތަކެތީގެ މިމައްސަލަ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަޙްޤީޤް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...