ރާއްޖޭގެ ޚަބަރު ގ.މިޒަމާން ގޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ރާއްޖޭގައި ވަޅުލައިފި

ގ.މިޒަމާން ގޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ރާއްޖޭގައި ވަޅުލައިފި

ގ.މިޒަމާން ގޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ރާއްޖޭގައި ވަޅުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam_Media_23s

ގ.މިޒަމާން ގޭގެ ކޮޓަރިއެއްގެ ތެރެއިން މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު  ބިދޭސީ މީހާގެ ހަށިގަނޑު ރާއްޖޭގައި ވަޅުލައިފިއެވެ.

މ. މިޒަމާން ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައިއޮއްވާ ފެނުނު މީހާގެ މަޢުލޫމާތު ފުލުހުން ވަނީ ހޯދާފައެވެ. އެއީ ސްރީލަންކާ ރައްޔިތެއްކަމަށްވާ އުޕާލި ވިޖޭއަލާލް ތަލަގަލަ އަރައްޗި (Upali Wijayalal Thalagala Arachchi / Sri lanka) ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންނަށް މީނާ ފެނިފައިވަނީ މީނާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް 36 ގަޑިއިރާއި 72 ގަޑިއިރު ވީފަހުންކަމަށް ލަފާކުރެވޭކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ބުނެއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މީނާގެ ހަށިގަނޑު ހެންވޭރު ސަހަރާގައި ވަޅުލާފައިވަނީ ފުލުހުން ކުރަމުންދާ ތަހުޤީޤަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު، ސްރީލަންކާގައި ދިރިއުޅޭ އޭނާގެ އަންހެނުންނާއި ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނުން ރާއްޖޭގައި ވަޅުލުމުގެ ހުއްދަ ދިނުމާއި ގުޅިގެން މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.