ރާއްޖޭގެ ޚަބަރު ބަނގުރަލާއެކު 3 މީހަކު ތިލަފުށީން ހައްޔަރުކޮށްފި

ބަނގުރަލާއެކު 3 މީހަކު ތިލަފުށީން ހައްޔަރުކޮށްފި

ބަނގުރަލާއެކު 3 މީހަކު ތިލަފުށީން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dhi_baguraa.09090

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ގިނަ ޢަދަދެއްގެ ތަކެއްޗާއެކު ތިލަފުށީން 3 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިޔާގެ 3 ފިރިހެނުންނެވެ. އެއީ އުމުރުން 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 01:30 ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތިލަފުށީގައި މަސައްކަތްކުރާ ސައިޓެއްގެ ތެރެއިން ކަމަށާއި މިމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެ ސައިޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ 4 ހަމާއި 5 ލީޓަރުގެ 3 ފުޅީގެ އިތުރުން 1.5 ލީޓަރު ފުޅިއެެއް ފެނިފައިވާކަމަށެވެ.

އަދި ހަމަމިއާއެކު އެ ސައިޓް ތެރެއިން ބަނގުރާ ކެއްކުމަށްޓަކައި ބޭނުންކުރާ ބައެއް ސާމާނުތައްވެސް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.