ރާއްޖޭގެ ޚަބަރު އެކި އެކި މައްސަލަތަކުގައި 9 މީހަކު ހައްޔަރުކޮށްފި

އެކި އެކި މައްސަލަތަކުގައި 9 މީހަކު ހައްޔަރުކޮށްފި

އެކި އެކި މައްސަލަތަކުގައި 9 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުން މިހާރު ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން 15 ޑިސެމްބަރު 2012 ވަނަ ދުވަހުގެ ހަވީރު 04:00 ން 16 ޑިސެމްބަރު 2012 ވަނަ ދުވަހު ހަވީރު 16:00 އާ ހަމައަށް ކުރި މަސައްކަތުން ތަފާތު އެކި މައްސަލަތަކުގައި 9 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކުރަށްވާފައިވާ ގޮތުގައި މި އޮޕަރޭޝަންގައި 359 މީހަކާއި ސުވާލުކޮށް ނަސޭހަތްތެރިވެފައިވާއިރު އެކި އެކި މައްސަލަތަކުގެ ތުހުމަތުގައި 13 މީހެއްގެ ހަށިގަނޑު ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޗެކްޕޮއިންޓްތައް ޤާއިމްކޮށްގެން ޖުމްލަ 383 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށާއި ރޭގަނޑު ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ މީހުންނާއި ސުވާލުކުރުމާއި ގުރޫޕް ހަދައިގެން މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވާ ސުވާލުކުރަމުން ގެންދާނެކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.