ރާއްޖޭގެ ޚަބަރު ހޮޅުދޫ އަށް އުދައަރައިފި

ހޮޅުދޫ އަށް އުދައަރައިފި

ހޮޅުދޫ އަށް އުދައަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ނ. ހޮޅުދޫ

ނ. ހޮޅުދޫ

ރޭގެ ދަންވަރުގެ ވަގުތެއްގައި ނ. ހޮޅުދޫ އަށް އުދައަރައި ދެގެއަކަށް ލޮނުވަދެއްޖެއެވެ.

ދިއިސްލާމަށް މައުލޫމާތު ދެމުން ހޮޅުދޫ ކައުންސިލް އިދާރާގެ ރައިސް އަބުދުލްއަޒީޒް އިބްރާހިމް ވިދާޅުވި ގޮތުގައި ދެ ގެއެއްގެ އިތުރުން މީހުން ދިރިނޫޅޭ ބައެއް ފަޅުގެ ތަކަށްވެސް ލޮނުވަދެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެއްވެސް އެއްޗަކަށްވެސް އަދި މީހަކަށްވެސް ގެއްލުން ވެފައިނުވާ ކަމަށެވެ.

ކައުންސިލް އިދާރާގެ ރައިސް އަބުދުލްއަޒީޒް  އިތުރަށް ވިދާޅުވި ގޮތުގައި އެރަށަކީ މިހާރު އާއްމުކޮށް އުދައަރާ ރަށެއް ކަމަށާއި ރަށުގެ ބޮޑު ސަރަހައްދެއް ގިރާލާފައި ވާކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ސަމާލުކަމަށް މިކަން ގެންނަން މަސައްކަތް ކޮށްފައި ވާނެ ކަމަށާއި ނަމަވެސް މިހާތަނަށް މިކަމަށް އެދެވޭ ހައްލެއް އައިސްފައި ނުވާކަމަށާއި ބޭނުންވަނީ އަވަސް އަދި ދާއިމީ ހައްލެއް ކަމަށް ވެސް ކައުންސިލް އިދާރާގެ ރައިސް އަބުދުލްއަޒީޒް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.