ރާއްޖޭގެ ޚަބަރު ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ 2 މީހެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ 2 މީހެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ 2 މީހެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކޮށް މައްސަލަ ޕީ.ޖީ އަށް ފޮނުވުނު 2 މީހުން | ފޮޓޯ: ޕޮލިސް

ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކޮށް މައްސަލަ ޕީ.ޖީ އަށް ފޮނުވުނު 2 މީހުން | ފޮޓޯ: ޕޮލިސް

ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ 2 މީހެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ތ. ގާދިއްފުށި، ކެނެރީގެ އުމުރުން 18 އަހަރުގެ އިބްރާހީމް ޢިމާދު އާއި ކ.ގުރައިދޫ، ސައިމާގެ އުމުރުން 18 އަހަރުގެ ޙުސައިން އާފާޤު ގެ މައްޗަށެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި އިބްރާހީމް ޢިމާދު އާއި ޙުސައިން އާފާޤުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީ.ޖީ އޮފީހަށް ފޮނުވާފައިވަނީ 2012 މެއި 22 ވަނަދުވަހު އިބްރާހީމް ޢިމާދު އާއި ޙުސައިން އާފާޤު ގެންގުޅުނު ދަބަހަކުން ސިންގްޓާއޯ ބްރޭންޑުގެ 24 ދަޅު ބިޔަރު ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލަ ޕީ.ޖީ އޮފީހަށް ފޮނުވާފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.