ރާއްޖޭގެ ޚަބަރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ނަމާދު ވޯރކް ޝޮޕެއް ބާއްވަނީ

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ނަމާދު ވޯރކް ޝޮޕެއް ބާއްވަނީ

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ނަމާދު ވޯރކް ޝޮޕެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

481878_10151145556261570_439525082_n

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ޖަމިއްޔަތުލް ބަޔާންގެ ފަރާތުން މިމަހު 25 ހުން 31ގެ ނިޔަލަށް "ނަމާދު ވޯރކް ޝޮޕް 2012" ނަމުގައި ވޯރކް ޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޖަމިއްޔަތުލް ބަޔާން އިން ބުނީ މި ވޯރކް ޝޮޕްގެ މައިގަނޑު މަގުސަދަކީ މީހުންގެ މެދުގައި ނަމާދާއި މެދު ހޭލުންތެރިކަން އިތުރުކޮށް ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތައް ނަމާދު ކުރަން ދަންނަ މުޖުތަމަޢުއެއް ބިނާކުރުން ކަމުގައެވެ.

ޖަމިއްޔަތުލް ބަޔާން އިން އިތުރަށް ބުނީ މި ވޯރކް ޝޮޕްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ  އެންމެ ފަހު ތާރީހަކީ 23 ޑިސެންބަރު ކަމަށާއި މި ވޯރކް ޝޮޕްގައި ކިޔަވާ ދިނުމަށް ހަމަޖެހިފައި ވަނީ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާއި ބޮޑެތިމީހުނަށް ވަކިން ކަމަށެވެ.

މީގެ އިތުރުން މި ވޯރކް ޝޮޕްގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައި ވާނީ އައްޝައިޚް މުޙައްމަދު އިބްރާހިމް އާއި އައްޝައިޚް ޖައުފަރު ފާއިޒް އާއި އައްޝައިޚް ޢަބުދުﷲ ޞަޢީދުގެ އިތުރުން އަލް އުޚުތު އުއްމު ޢަބްދުﷲ ކަމަށް ވެސް ޖަމިއްޔަތުލް ބަޔާން އިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.