އައްޑު އަތޮޅު މަރަދޫ ފޭދޫ އިން ބޮއްކުރައެއްގައި މަހަށް ނިކުމެ އުޅުނު ތިންމީހުންގެ ތެރެއިން އެކަކު ކަނޑަށް ވެއްޓި މަރުވެއްޖެއެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑަށް ވެއްޓި މަރުވެފައިވަނީ މަރަދޫފޭދޫ އާރާމުގެ އުމުރުން 50 އަހަރުގެ އަހުމަދު ރިޔާޒް އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި ރޭ ބޮއްކުރައެއްގައި މަހަށް ނުކުމެ އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ކަނޑަށް ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ 1:00 ޖަހާކަންހާއިރު ކަމަށާއި އަދި އޭނާ ފެނިފައިވަނީ ރޭ 3:00ގައި ކަމަށެވެ.
މީގެ އިތުރުން އޭނާ ފެނިފައިވަނީ ކަނޑުގެ އަޑިން ގާތްގަނޑަކަށް 33 މީޓަރުގެ އަޑިން ކަމަށާއި އަދި އޭނާ މޫދުން ނެގުމަށްފަހު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް އެންއެންޑީއެފް އިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...