ރާއްޖޭގެ ޚަބަރު ހިތްވަރު ބޯޓުން ދަތުރުކުރި މީހުން ރާއްޖޭގެ ކޯސްޓް ގާޑަށް ނަގައިފި

ހިތްވަރު ބޯޓުން ދަތުރުކުރި މީހުން ރާއްޖޭގެ ކޯސްޓް ގާޑަށް ނަގައިފި

ހިތްވަރު ބޯޓުން ދަތުރުކުރި މީހުން ރާއްޖޭގެ ކޯސްޓް ގާޑަށް ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: އެމް އެން ޑީ އެފް

ގެއްލިގެން ހޯދަމުންދާ ހިތްވަރު ބޯޓުން ދަތުރުކުރި މީހުން ރާއްޖޭގެ ކޯސްޓް ގާޑަށް ނަގައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ރޭ 06:15ގައި ރާއްޖެ އާ 370 މޭލު ބޭރުގައި އޮތް ލަންކާގެ މަސްބޯޓުން ރާއްޖޭގެ ކޯސްޓް ގާޑަށް އަށް މީހުން ވެސް ނަގާފައިވާ ކަމަށާއި ނެގި އިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ހާދިސާގައި މަރުވި ގދ. ރަތަފަންދޫ ސޯސަންގޭ ހަސަންފުތާ،76، އާއި ބަނގުލާދޭޝް މީހާ މަރުވުމުން ކަނޑަށްދޫކޮށްލައިފައިވާ ކަމަށް ކެޕްޓަން ބުނާ ކަމަށެވެ. އަދި އެ ދެ މީހުން މަރުވީ ބޯޓު އަޑިއަށް ދިއުމުން ޑިންގީގައި ތިއްބައި ކަމަށް ވެސް ކެޕްޓަން ބުނާކަމަށެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތްވަރު ބޯޓް އަޑިއަށް ދިޔަ ހާދިސާގައި ސަލާމަތްވި ދިވެހިންނަކީ ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު،11 އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42، އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.