“ކުޑަކުދިންނަށް ގޯނާނުކުރޭ” މި ނަމުގައި އައްޝައިޚް އިލްޔާސް ޙުސައިން ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް ރޭޑިޔޯ އެޓޯލް އިން ލައިވް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު ފުރުޤާން މިސްކިތުގައެވެ.
މި ދަރުސްގެ މައިގަނޑު މަގުސަދަކީ މިއަދުގެ މުޖުތަމައުގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ތަކާމެދު ހޭލުންތެރިކަން އިތުރު ކުރުން ކަމަށް ވާއިރު ވީހާވެސް ގިނަ ފަރާތްތަކުން މިދަރުސްގައި ބައިވެރި ވުމަށް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތް ތެރިވާ ފަރާތްތަކުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...