މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ދޭއް އެކަކުން ޕާކިސްތާން އަތުން މޮޅުވެ ފުޓްބޯޅައިން ރާއްޖެއިން ބައިނަލްއަގުވާމީ ދެވަނަ ރަން މެޑަލް ހޯދައިފިއެވެ.
މި މެޗުގައި ރާއްޖެއަށް 2 ލަންޑު ޖަހާދިނީ ރިލްވާން ވަހީދު އާއި އަސަދުﷲ ޢަބްދުﷲ އެވެ. އަދި ޕާކިސްތާންގެ ލަނޑަކީ ރާއްޖޭގެ މޫސާ ޔާމީންގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ސްރީލަންކާގެ ރައީސްގެ ދައުވަތަކަށް މިމުބާރާތުގައި ރާއްޖެ އާއި ބަނގްލަދޭޝް އަދި ސްރީލަންކާ އާއި ޕާކިސްތާން ވެސް ކުޅުނެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން ގައުމީ ޓީމަށް 15000 ޑޮލަރު ލިބުނެވެ. އަދި ރަނަރަޕް ޓީމަށް 10000 ޑޮލަރު ލިބުނެވެ.
މެޗުބެލުމަށް ރާއްޖޭގެ ގިނަބަޔަކު ސްރީ ލަންކާއަށް ގޮސްފައި ވާއިރު ލަންކާގެ ގިނަ ބަޔަކުވެސް ދިވެހިރާއްޖެއަށް ސަޕޯޓް ކޮށްފައިވެއެވެ.
މި މުބާރާތް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި ކަންވެސް އެ ރަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...