މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 75 ރަބަރު ޕެކެޓާއެކު 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް، މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރޭ 19:00 ހާއިރު 'މޭރީ ބްރައުން' ކުރިމަތީގައި ހުރި ގާޑިއަލެއްގެ ކައިރީ މަސްތުވާތަކެތި ވިއްކަން މަސައްކަތް ކުރަމުންދަނިކޮށެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދޭގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޕެކެޓްތައް ފެނިފައިވަނީ އެވަގުތު އެސަރަހައްދުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރަން އުޅުމުން އޭނާގެ އަތުން އެއްލައިލި ބޮޑު ރަބަރު ޕެކެޓެއްގެ ތެރެއިންނެވެ.
މިދިޔަ ހުކުރު ދުވަހުވެސް ކާނިވާ ސަރަހައްދުގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ 5 ކުދިން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...