ރާއްޖޭގެ ޚަބަރު އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހުމާމް 76 ފަހަރު ހައްޔަރުކޮށްފައިވޭ

އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހުމާމް 76 ފަހަރު ހައްޔަރުކޮށްފައިވޭ

އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހުމާމް 76 ފަހަރު ހައްޔަރުކޮށްފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެމީހުން | ފޮޓޯ: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 2 މީހުންގެ ތެރެއިން ހުސެއިން ހުމާމު 76 ފަހަރު އަދި ޢަލީ ޝާން 8 ފަހަރު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ހ. ލޮބީ 19 އަހަރުގެ ހުމާމް މިހާތަނަށް އެކި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި އޭނާ ހައްޔަރުކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މާރާމާރީ ހިންގުން، ވައްކަން ކުރުން، ފޭރުން ބަނގުރާ ބޭނުންކުރުން އަދި ޓްރެފިކްގެ ޤަވާއިދުތަކާއި ޚިލާފުވުން ހިމެނެއެވެ. އަދި ބައެއް މައްސަލަތައް މީނާގެ މައްޗަށް ސާބިތުވެ ޙުކުމް ކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ހ. ހިކޯސްޓް ޝާންގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު މާރާމާރީ ހިންގުމާއި ބަނގުރާ ބޭނުންކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ ޝާންގެ މައްޗަށްވެސް ޙުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.