ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގެ ޚިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރާނެ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ބެންކް އޮފް މޯލްޑިވްސް ގެ ޚިދުމަތަށް 30 އަހަރު ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެބޭންކްގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ވިދާޅުވީ ބޭންކަށް ލިބޭ ކާމިޔާބީ ދެމެހެއްޓުމަށް ޓަކައި އިސްލާމިކް ބޭންކިންގ ތައާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އިސްލާމިކް ބޭންކިންގ ތައާރަފް ވެގެން ދިއުމުން ދިވެހި ބޭންކް މިހާރަށް ވުރެ ބޮޑު ކުންފުންޏަކަށް ވެގެންދާނެ ކަމަށެވެ.
އެ ޖަލްސާގައި ބީއެމްއެލް އިން ވަނީ އިޖްތިމާއީ ޒިންމާގެ ދަށުން ދެކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން "ބީއެމްއެލް އެންޖަލްސް ޕްރޮގްރާމް" އަށް ހޮވޭ ކުއްޖާގެ ތައުލީމަށް ބޭނުންވާނެ ހުރިހާ އެހީއެއް ބޭންކުން ދިނުމަށް ހަމަޖައްސައި ދިނުމާއި އަދި"ބިލްޑް އަ ލައިފް ކޭންޕޭ" ގެ ދަށުން ޒުވާނުންގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް ބީއެމްއެލް އިން މަޢުލޫމާތު ދިނެވެ.
ޗެއާމަން ޝިހާމް ވިދާޅުވީ ބީއެމްއެލްގައި މިހާރު އިސްލާމިކް ބޭންކިންގ ޑިޕާޓްމެންޓެއް އުފެދި ހަރަކާތައް ހިނގަމުންދާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...