ރާއްޖޭގެ ޚަބަރު ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެތަނުގައި ވިއްކާނީ ދިވެހި ރުކުރާތޯ؟ ނުވަތަ ކާފަރުންގެ ބަނގުރާތޯ؟

ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެތަނުގައި ވިއްކާނީ ދިވެހި ރުކުރާތޯ؟ ނުވަތަ ކާފަރުންގެ ބަނގުރާތޯ؟

ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެތަނުގައި ވިއްކާނީ ދިވެހި ރުކުރާތޯ؟ ނުވަތަ ކާފަރުންގެ ބަނގުރާތޯ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

"އެއީ ދިވެހި ރައްޔިތުންގެ އެއާރޕޯޓް މިނިވަންކުރަށް ހިންގާ ޙަރަކާތެކެވެ." މިއީ ޖީއެމް އާރު ގެ އަތްދށުން އިބްރާޙިމް ނާޞިރު އިންޓަނޭޝަނަލް އެއާރޕޯޓް މިނިވަންކުރުމުގެ ނަމުގައި ގިނަޙަރަކަތަކެއް ހިންގި "ޤައުމީ ޙަރަކާތް"ތައް ތާއީދުކުރާ މިހުން އެ ޙަރަކާތް ސިފަކުރާނެ ގޮތްކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާ އިރު އެ ޙަރަކާތްތާއި ދެކޮޅުމީހުން "އެއީ ސިޔާސީ ފައިދާ ހޯދަށް އުޅޭ ބާގަނޑެކޭ" ބުނާނެކަމާއި މެދު ޝައްކުކުރުމުގެ ޖާގައެއްވެސްނެތެވެ. މިކަމުގައި ދިވެހިންގެ ޚިޔާލު ދެކަތިވެފައިވީ ނަމަވެސް މިއަދު ފެންނަމުން ދާ މަންޒަރަކީ ޖީއެމްއާރާއި ދިވެހިސަރުކާރަ ދެމެދު ހެދިފައިވާ އެއްބަސްވުން އުވާލާފައިވަތަނެވެ. މިއީ ބައެއް މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެކަމެކެވެ. އެއީ އިންޑިޔާގެ ވޯރާވިޔަފާރިވެރިން މާލެއިން ފައިބައިގެން ދިއުންކަހަލަކަމެކޭވެސް ސިފަކޮށްފާނެއެވެ. އަނެއްކޮޅުން ޖީއެމްއާރު އެނބުރި އިންޑިޔާއަށް ދިޔުމަކީ ދިވެހިންގެ ތެރެއިން ބަޔަކު އެކަމާއި ހިތާމަކޮށް ރޮއިހަދާނެކަމަކެވެ. އެއީ ވޯރާވިޔަފާރިވެރިން މާލެއިން ފާބައިގެން ދިޔުމަން އެކަމާ ބަޔަކު ހިތާމަކުރިފަދައިންނެވެ. ޚާއްޞަކޮށް އަފިހުންފަދަ މަސްތުވާ އެއްޗެހި ވޯރާވެރިން އަތުން ގަންނަމުން ދިޔަމީހުން ފަދައިންނެވެ.

ކޮންމެކަމަކަށް ނިމުމެއް އަންނަ ފަދައިން މިމައްސަލައަށްވެސް ނިމުމެއް އަންނާނެއެވެ. އަދި އެއާރޕޯޓް މިނިވަން ކުރުމުގެ "ޤައުމީ ޙަރަކާތް"ތުން ކުރިން ބަޔާންކުރި ގޮތަށް މިވަނީ މިމައްސަލަ ނިމި އެއާރޕޯޓް ދިވެހިންނަށް ލިބުމުގެ ވަގުތު ކުޑަތަންވެފައެވެ. އެގޮތަށް އަދި ނާޞިރުގެ ދައުރުގައި ދިވެހިން އަމިއްލަ މަސައްކަތަން ބިނާކުރި އެއާރޕޯޓް ހިންގުން ލިބިގެންދާނީ ދިވެހިންނަށް ނިސްބަތްވާ ބަޔަކަށެވެ. އޭރުން އެއާރޕޯޓުގެ ރަންވެއަން ޖައްސާ ބޯޓުތަކުން ހުރިހާ މަންފާއެއް ލިބޭނީ ހަމަ ދިވެހިންނަށޯލައެވެ. ދެން އެހިސާބުން "ޤައުމީޙަރަކާތް" ގަދަ އަވީގައި ރަންވޭމަތީގައި ނުތިބެ ވަންކަމަށްވަނީ އެއާރޕޯޓް ގިމަތަތެރެއަށެވެ. އެތަނަށްވަދެ "ބޯޑާރކޮންޓްރޯލް ސިސްޓަމް" މެލޭޝިޔާގެ ނެކްބިޒްސްގެ އަށްދަށުން ސަލާމަށް ކުރުމުގެ މަސައްކަތް ފައްޓާނީ ޔޯލައެވެ. އެއަށްފަހު ދެން މާލޭ އަރާ އެންމެ ފުރަތަމަވެސް "ޤައުމީ ޙަރަކާތުގެ" މަންޒިލެއްކަމަށްވާނީ "ރައްޔިތުންގެ މަޖްލިސް"ކަމުގެ އިޝާރާތްތެއް ވަނީ މިހާރު ދީފައެވެ.

އާއެކެވެ. ޤައުމަށް ގެއްލުންވާ ކޮންމެކަމަކުން ދިވެހި ޤައުމު ސަލާމަތް ކުރުމަކީ އެޤައުމުގައި އަހަރެމެން މުސްލިމުންނަށް ﷲއަށް އަޅުކަން ކުރުމަށް ދެމިތިބުމަށް ކުރައްޖެހޭ ކަމެކެވެ. އެގޮތުން ޖީއެމްއާރު އާއި ދެންވެސް ޤައުމާއި ރައްޔިތުންނަށް ގެއްލުންވާ އެންމެހާ ކަންތައްތަކުން ޤައުމު ސަލާމަތްކުރަން ހެޔޮނިޔަތަކާއި އެކު މަސައްކަތްކުރާ ކޮންމެ ބަޔަކަށް ވާގިވެރިވާންވާނެއެވެ. އެފަދަ ބަޔަކަށް އެހީތެރިކަމުގެ އަތް ހުޅުވާލަންވާނެއެވެ. އެގޮތުން އަޅުގަނޑުވެސް ހަމަ ޚިޔާލެއް ފާޅުކޮށްލަންކަމަށެވެ.

އަޅުގަނޑުގެ ހިތުގެ ޝުޢޫރެވެ. ބުއްދީގެ ޚިޔާލެވެ. ދިވެހިލޭގެ ވިންދެވެ. އެއާރޕޯޓް ދިވެހިންނަށް ހޯދައިދީ އެ އެއާރޕޯޓްގެ ގިމަތާގައިވާ ބޯޑަކޮންޓޮރޯލްސިސިންޓަމު ދިވެހިކޮށް މާލެ އެރުމުގެ ކުރިން ހުޅުލޭ ޖެޓީމަތީގައި ތިބެގެންނަމަވެސް މިކަމާއި މެދު "ޤައުމީ ޙަރަކާތުން" ވިސްނާލުމަކީ އަޅުގަނޑު ދެކޭގޮތުގައި މުހިއްމުކަމެކެވެ. އެއީ އޭގެ އެތަށް ސަބަބެއްވާތީއެވެ. މިއީ ހަމަ އަޅުގަނޑުގެ ޚިޔާލެވެ. މާފުކުރައްވާށެވެ. ދިވެހިންގެ އިޤްތިޞޯދު ހަލާކުރަން ބުނާ އެއްޗެއް ނޫނެވެ. ދިވެހިންގެ ރަންބިސްއަޅާ ކުކުޅު މަރާލަށް ފާޅުކުރާ ޚިޔާލެއްނޫނެވެ. ޠާލިބާނުން ބުނެގެން ކުރާ ސުވާލެއްނޫނެވެ. ހަމަ "ޤައުމީ ހަރަކާތާއި" އަޅުގަނޑު ޙިއްޞާކޮށްލާ ޙިޔާލެކެވެ. ކުރިމަތިކުރުވާ ސުވާލެކެވެ. އެއީ...

އެ ސުވަލަކީތޯއެވެ. އެއީ ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެތަނުގައި ވިއްކާނީ ދިވެހި ރުކުރާތޯ؟ ނުވަތަ ކާފަރުންގެ ބަނގުރާތޯ؟ އެވެ. މިއީ ހެދިގޮނޑުދޮށުގައި "ސައްލާކުރިގޮތަށް" ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދާދިނުމަށް ފަހު މާލެ އަރާ ރައްޔިތުންގެ މަޖްލީހަށް ވަނުމުގެ ކުރިން ހުޅުލޭ ޖެޓީމަތީގައި ތިބެގެންނަމަވެސް ކުރަށް ޖެހިފާވާ "ސައްލާއެއް"ކަމަށް އަޅުގަނޑު ދެކެމެވެ. އަޅެ ތިބޭފުޅުންގެ ޚިޔާލަކީ ކޮބާތޯއެވެ؟ އަޅުގަނޑާއި އެއްބަސްވެލައްވާނަމަ މި ސުވާލު "ޤައުމީ ޙަރަކާތާއި" ކޮށްލައްވާދެއްވާށެވެ. އަދި އޭގޭ ޖަވާބު ދިވެހިންނާއި ޙިއްޞާކޮށްދެއްވާށެވެ. އެއީ އަޅުގަނޑު މިލިޔުން ލިޔުމުގެ މަޤްޞަދެވެ.

އެހެނީ ބަގުރަލަކީ ހަރާމްއެއްޗެކެވެ. އެއީ މުޖުތަމަޢުގެ ޙަލާކެވެ. އެކަމަށް އަޅުގަނޑުމެންގެ ރާއްޖެ ފުދެއެވެ. މިއަދު މިޤައުމުގައި ބަނގުރާ ބުއިމާއި ވިއްކުވަނީ ހައްދުފަހަނައަޅާގޮސްފައެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖެވަނީ ހިމޭނެ ސުވަރުގެއިން ހަލަބޮލިކުށުގެ ޖަންގައްޔަކަށް ވެފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އެއާރޕޯޓަށް ބަނގުރާ އެތެރެނުކުރެވޭފަދައިން އެ އެއާރޕޯޓުން ބަނގުރާ ގަންނަށް ލިބެން ހުރެގެންނެއް ނުވާނެއެވެ. އެއީ ދިވެހިޤައުމުގެ މައިދޮރއަށި ކަމަށްވާތީއެވެ. އަދި އެދޮރުއަށިން ބަނގުރާ ޤައުމުގެ ތެރެއަށްވަންނާތީއެވެ. އަދި އޭގެކުރިން އެއީ ޙަރާމް އެއްޗަކަށްވާތީއެވެ. ވޯރާ ވިޔަފާރިވެރިން އިންޑިޔާއަށް ފޮނުވާލާފައި އެމީޙުން ވިއްކި "އަފިހުން" ދިވެހިން ވިއްކިގޮތަށް ޖީއެމްއާރު އިންޑިޔާއަށް ފޮނުވާލާފައި ބަނގުރާ އެއާރޕޯޓުގައި ވިއްކާނަމަ އަޞްލު ދިވެހިންގެ އެއާރޕޯޓުން ދިވެހިންނަށް އޭރުން ލިބެނީ ރަންވޭއެކަންޏެވެ. ޑިޔުޓީފުރީ ޝޮޕްތައް ދިވެހިންނަށް ލިބިގެންދޭތޯއެވެ؟ މިއީ އުފެދޭ ސުވާލެކެވެ.

ކޮންމެއަކަސް ޖީއެމްއާރާ ކުރީގެ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމަކީ އެވަގުތުން ފެށިގެންވެސް ބާޠިލު އެއްޗެއްކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ. މިކަމުގައި ލޯޔަރުންނާއި ސިޔާސީން ދަނީ އެކިގޮތްގޮތަށް ވާހަކަ ދައްކަމުނެވެ. އެއީ އެކަމަށް ޖާގަވެސް އޮތީމައެވެ. އެޔާ ޚިލާފަށް ދިވެހިންގެ އެއާރޕޯޓުގެ ޓިއުޑީފުރީޝޮޕްތަކުގައި ކުރިންވެސް ،މިހާރުވެސް އަދި ކުރިމަގުގައިވެސް ބަގުރާވިއްކަށް ހުއްދަދިން ނުވަތަ ހުއަދަދޭ އެއްބަސްވުމަކީ އެއީ އެއެއްބަސްވުން ވެވުމުގެ ކުރިންނާއި ފަހުންވެސް ބާޠިލު އެއްޗެއްކަމަށް އެއްވެސް ދިވެއްސަކު ދެބަސްނުވާނެއެވެ. ވީމާ މިއަދު ހަމަތަކުރާރުކޮށް "ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެތަނުގައި ވިއްކާނީ ދިވެހި ރުކުރާތޯ؟ ނުވަތަ ކާފަރުންގެ ބަނގުރާތޯ؟" މިސުވާލުކުރައް އެބަޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.