ދީން ތަގްވާވެރިވާނީ ކިހިނެތް؟

ތަގްވާވެރިވާނީ ކިހިނެތް؟

ތަގްވާވެރިވާނީ ކިހިނެތް؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ކީރިތި قرآن އާއި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި تقوى ވެރިކަމުގެ މާތްކަމާއި ތަޤްވާވެރިކަމުގެ ފައިދާތައްވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަމުގެ މައްޗަށް ކީރިތި قرآن ގެ އެތައް އާޔަތެއް މާތް ﷲ سبحانه وتعالى ވަނީ ބާވައިލައްވާފައެވެ.

1) كلمة الإخلاص ( لا إله إلا الله )އަށް تقوى ގެ ކަލިމައޭ ނަންދެވިގެންވޭ:
"إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيماً" (الفتح:26) މާނައީ: "ކާފަރުވީމީހުން، އެއުރެންގެ ހިތްތަކުގެ ތެރެއަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، ﷲ އެކަލާނގެ ރަސޫލާގެ މައްޗަށާއި، މުއުމިނުތަކުންގެ މައްޗަށް، އެކަލާނގެ ޙަޟުރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ ކަލިމައަށް ޙައްޤުކަން ބޮޑުވެފައި، އަދި އެ ކަލިމައިގެ އަހުލުވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ."

2) ހުރިހާ އަޅުތަކުން ޢާއްމުވާގޮތުގައާއި އަދި މުއުމިނުން ޚާއްޞަކޮށް تقوى ވެރިވުމަށްވަނީ އަމުރުކުރައްވާފައި:
"وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ" (المؤمنون:52) މާނައީ: "އަދި ހަމަކަށަވަރުން، މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ!"

"لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ" (الزمر:16) މާނައީ: "(ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!"

"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ" (آل عمران:102) މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوىވެރިވުން حقވެގެންވާ ގޮތުގައި ތިޔަބައިމީހުންﷲ އަށް تقوىވެރިވާށެވެ! އަދި، مسلمން ކަމުގައިވާ حالގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"

"وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ " (النساء: من الآية131)  މާނައީ: "އަދި، ހަމަކަށަވަރުން، اللَّهއަށް تقوىވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصيةކުރައްވައި އެންގެވީމެވެ."

3) ހުރިހާ ނަބީބޭކަލުންވެސް އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް ތަޤްވާވެރިވުމަށްވަނީ ވަޞިއްޔަތް ކުރައްވާފައި:
"إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلا تَتَّقُونَ" (الشعراء:106)  މާނައީ: "(އެއީ) އެއުރެންނަށް އެއުރެންގެ أخ، نوحގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟"

"إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلا تَتَّقُونَ" (الشعراء:124) މާނައީ: "(އެއީ) އެއުރެންގެ أخ، هودގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟"

"إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلا تَتَّقُونَ" (الشعراء:142) މާނައީ: "(އެއީ) އެއުރެންގެ أخ، صالحގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟"

"إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلا تَتَّقُونَ" (الشعراء:161) މާނައީ: "(އެއީ) އެއުރެންގެ أخ، لوطގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟"

"إِذْ قَالَ لَهُمْ شُعَيْبٌ أَلا تَتَّقُونَ" (الشعراء:177) މާނައީ: "(އެއީ) އެއުރެންނަށް شعيبގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوىވެރި ނުވަނީހެއްޔެވެ؟"

"وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ" (العنكبوت:16) މާނައީ: "އަދި إبراهيمގެފާނު، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް تقوىވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."

4) މާތް ﷲ ގެ އަޅުތަކުން އެކަލާނގެއަށް އަޅުވެތިވުމަށް އަމުރުކުރައްވާފައިވަނީ ތަޤްވާވެރިވުމަށްޓަކައި:
"يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ" (البقرة:21) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ."

"يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ" (البقرة:183) މާނައީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ."

"وَأَنَّ هَذَا صِرَاطِي مُسْتَقِيماً فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ" (الأنعام:153) މާނައީ: "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ."

5) ތަޤްވާގެ ޖާގައަކީ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަން، އެގުނަވަން އިޞްލާޙު ވެއްޖެނަމަ މުޅި ހަށިގަނޑު އިޞްލާޙުވެގެންދޭ، އަދި ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވޭ:

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : (( لَا تَحَاسَدُوا وَلَا تَنَاجَشُوا وَلَا تَبَاغَضُوا وَلَا تَدَابَرُوا وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ )) . رواه البخاري .

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރި ނުވާހުށިކަމެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ކެހިދީ ނުހަދާހުށިކަމެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާހުށިކަމެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭހުށިކަމެވެ. އަދި ތިޔަބައިމީހުންނަކީ ﷲ ގެ އަޅުކަންކަމުގައިވާ ޙާލު، އަޚުންކަމުގައި ވާހުށިކަމެވެ. އެއް މުސްލިމަކީ، އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާހުއްޓެވެ. އަދި އޭނާ، އޭނާގެ އަޚާއަށް ނިކަމެތިކޮށެއް ނުހިތާހުއްޓެވެ. އަދި އޭނާ، އޭނާގެ އަޚާއަށް އޮޅުވައިލައި، ކެއްސެއް ނުދޭހުއްޓެވެ. އަދި تقوى ވެރިކަންވަނީ މިތާނގައެވެ." މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ ހިތްޕުޅަށް ތިން ފަހަރު އިޝާރާތްކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. "މުސްލިމަކު އޭނާގެ އަޚާއަށް އިހާނެތިކޮށްހިތުމަކީ، އޭނާއަށް ކުރެވޭ ނުބައިކަމެއްކަމުގައި ފުދޭކަމެކެވެ. (އެބަހީ: އެއީ ނުބައިކަމެކެވެ.) ކޮންމެ މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކާ މެދު (ކަންތައްތަކެއް) ޙަރާމްވެގެން ވެއެވެ. އޭނާގެ ލެޔާއި (އެބަހީ: ފުރާނަ އާއި) އޭނާގެ މުދަލާއި، އޭނާގެ އަބުރާއި ޙަރާމްވެގެންވެއެވެ."

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.