ރާއްޖޭގެ ޚަބަރު މަލީޝާ ޙައްޖު ގުރޫޕުގެ ވެރިޔާ ހައްޔަރުކޮށްގެން މާލެގެނެސްފި

މަލީޝާ ޙައްޖު ގުރޫޕުގެ ވެރިޔާ ހައްޔަރުކޮށްގެން މާލެގެނެސްފި

މަލީޝާ ޙައްޖު ގުރޫޕުގެ ވެރިޔާ ހައްޔަރުކޮށްގެން މާލެގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާ ޙައްޖު އެންޑް އުމްރާ ސަރވިސްގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަތީފް

ޙައްޖަށް މީހުން ގެންދިއުމުގެ މަސްޢޫލިއްޔަތު ނަގައި މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު މަލީޝާ ޙައްޖު އެންޑް އުމްރާ ސަރވިސްގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަތީފް ރޭ މާލެ ގެނެސްފިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ގޮތުގައި އިސްމާޢީލް ޢަބްދުއްލަތީފް މާލެ ގެނެވުނީ ފިލައިގެން ލަންކާގައި އުޅެނިކޮސް ލަންކާގެ ސިފައިންގެ އެހީތެރިކަމާއެކު އޭނާ މައުންޓް ލެވީނިއާ ނަމަކަށް ކިޔާ ހޮޓަލެއްގައި ހުއްޓާ ހައްޔަރުކޮށްގެންނެވެ. އަދި އޭނާ މާލެ ގެނެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސްދުވަސް ދިންކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

އިސްމާއީލް އަބްދުއްލަތީފް ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން 11.9 މިލިއަން ރުފިޔާ ނަގައިފައެވެ. އަދި ލަންކާގެ ފުލުހުން މީނާ ހައްޔަރު ކުރުމުގެ ކުރިން އިންޓަރޕޯލް އިން ވަނީ މީނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ގޮތުގައި މަލީޝާ ޖަމާއަތުން މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިޔަ އިރު، ހައްޖުވެރިން ތިބި ސައުދީ ހޮޓަލަށް ފައިސާ ދައްކާފައެއް ނުވެއެވެ. އަދި އެފައިސާ ދެއްކުމަށް އެ ޖަމާއަތަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އެ ޖަމާއަތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޖިލީހަށް އަންގާފައިވެއެވެ.

ފައިސާ ގެއްލުމާ ގުޅިގެން ޙައްޖަށް ނުދެވިތިބި މީހުންނަށް ޙައްޖަށް ދެވޭނެގޮތް ހައްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.