
"އަހަރުމެން ފަލަސްޠިން އެކަނިކޮށެއް ނުލާނަން" ހިނގާލުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް ސެންޓަރ ކައިރި | ދިއިސްލާމް ފައިލް ފޮޓޯ
ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އިޒްރޭލުގެ ޔަހޫދީން ދެމުން ގެންދާ އަނިޔާތަކާ ދެކޮޅަށް އަޑުފުލުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފިއެވެ.
"މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް" ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުނު މިހިނގާލުން ފެށުނީ އިއްޔެ ހަވީރު 4:00 އެހާކަން ހާއިރުއެވެ.ހިނގާލުން ފެށުމުގެ ގޮތުން ޤުރުއާން ކިޔެވި އެ ޖަމިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބްގެ ވާހަކަފުޅު ދެއްކެވުން އޮތެވެ.
މާލޭ ސޯޝަލް ސެންޓަރ ކައިރިން ފެށުނު މިހިނގާލުން ކުރިއަށް ދިޔައީ މަޖީދީމަގުން އިރަށް ގޮސް ހެދި ގޮނޑުދޮށް ސަރަހައްދާ ދިމާއިން ރާޅުގަނޑު ސަރަހައްދަށެވެ. ހިނގާލުން ރާޅުގަނޑު ސަރަހައްދުން ނިމިގެން ދިޔައީ އައްޝައިޚް މުޙައްމަދު ޠައްޔިބްގެ ނަޞޭހަތުގެ ބަސްކޮޅަކާއި ޚާއްސަ ދުޢާ އަކުންނެވެ.
މި ހިނގާލުމުގައި ދެ ޖިންސުގެ އެކި އުމުރު ފުރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...