ދަރުސް ޚަބަރު ފަލަސްތީނަށް ޖެހިފައިވާ މުސީބާތުގެ އަސަރު ހުރިހާ މުސްލިމުންނަށް ވެސް ކުރާނެ: ޝައިޚް އިލްޔާސް

ފަލަސްތީނަށް ޖެހިފައިވާ މުސީބާތުގެ އަސަރު ހުރިހާ މުސްލިމުންނަށް ވެސް ކުރާނެ: ޝައިޚް އިލްޔާސް

ފަލަސްތީނަށް ޖެހިފައިވާ މުސީބާތުގެ އަސަރު ހުރިހާ މުސްލިމުންނަށް ވެސް ކުރާނެ: ޝައިޚް އިލްޔާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

”އަހަރުމެން ވަނީ ޣައްޒާ އާއި އެކު“ ގެ ދަރުސްގައި ޝެއިޚް އިލްޔާސް ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: ވިޝާހް

މުޢުމިނުންނަކީ އަޚުންތަކެއް ފަދަ ބައެއް ކަމުން ފަލަސްތީނަށް ޖެހިފައިވާ މުސީބާތުގެ އަސަރު ހުރިހާ މުސްލިމުންނަށް ވެސް ކުރާނެކަމަށް ޝައިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސްޓޭޖުގައި ”އަހަރުމެން ވަނީ ޣައްޒާ އާއި އެކު“ މިނަމުގައި އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ ”ފަލަސްޠީނުގެ މުސްލިމުންނަށް އަހަރުމެން އަޅާލަންވީ މުޢުމިނުންނަކީ އަޚުންތަކެއް ކަމުގައި ވާތީކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކޮށްދެއްވައި ނަސްރު ދެއްވުން އެދި ހުރިހާ ދިވެހިން ވެސް ﷲ އަށް ދުޢާކުރަންޖެހޭ“ ކަމަށެވެ. އަދި ”ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް“ ވެސް ޝެއިޚް ވިދާޅުވިއެވެ.

ފޮޓޯއިން: ”އަހަރުމެން ވަނީ ޣައްޒާ އާއި އެކު“ ގެ ދަރުސް

ޝެއިޚް އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެންގެ އަޚުވަންތަކަމުން ލިބިފައިވާ ނިޢުމަތެއް ނިގުޅައިގަތުމަށް އަޅުގަނޑުމެންގެ ޢަދާވާތްތެރިން މަސައްކަތް ކުރާކަމުގައާއި ނަމަވެސް އެބައިމީހުންގެ މަޤްޞަދު ދުވަހަކުވެސް ހާސިލް ނުވާނޭކަމަށާއި ހުރިހާ އާރަކާއި ބާރެއް ލިބިވޮޑިގެންވާ ﷲ ވަނީ އަޅުގަނޑުމެންނާއި އެކުގައި“ ކަމަށެވެ. އަދި ”އެބިމުގައި ދިރިއުޅޭ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންގެ މެދުގައި ވެސް އެމީހުންގެ އީމާންކަން ގުޅޭނެ، އެގުޅުމަކީ ލޭގެ ގުޅުމަށްވުރެ މާ ވަރުގަދަ ގުޅުމެއް“ ކަމަށެވެ. އަދި ”އެ ޢަދާވާތްތެރިން ބޭނުންވަނީ އަޅުގަނޑުމެންނަކީ ބަލިކަށި، ގޮތެއް ފޮތެއްނެތް ފިނޑިބަޔެއްކަމުގައި ސާބިތުކުރުންކަމުގައި“ވެސް ޝެއިޚް އިލްޔާސްގެ ވާހަކާގައި ވިދާޅުވިއެވެ.

ރޭގެ ދަރުސް ނިންމާލެއްވީ ޝެއިޚް އިލްޔާސްގެ އަސަރުގަދަ ދުޢާ އަކުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.