ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީއިން ސަރުކާރަށް އިންޒާރެއް ދީފި

ޢަދާލަތު ޕާޓީއިން ސަރުކާރަށް އިންޒާރެއް ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމް ދީނުގެ ކަންކަންކަމަށް ގޮންޖަހަމުންދާނަމަ ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލަން ޖެހިދާނެކަމަށް ބުނެ ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ހަވާލުވެ އޮތް ޢަދާލަތު ޕާޓީއިން ސަރުކާރަށް އިންޒާރެއް ދީފިއެވެ.

ޢަދާލަތު ޕާޓީއިން ސަރުކާރަށް އިންޒާރެއް ދީފައިވަނީ މިދިޔަ ބުރާސް ފަތި ދުވަހު އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. މިނޫސްބަޔަނަކީ ރަމްޒީ ކައިވެންޏާ ބެހޭ ޤަވާޢިދާމެދު ކަން ބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެކެވެ. މިނޫސްބަޔާނުގައި ޢަދާލަތު ޕާޓީއިން ހާމަކުރައްވާފައިވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބުރޫއަރާފަދަ މިފަދަ ކަންތައް ފުލުފުލުން ކުރިމަތި ކުރަމުން މިދާދިއުމަކީ އެކަންތަކާއިމެދު ޢަދާލަތު ޕާރޓީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، މިފަދަ ޤަވާޢިދެއް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން އުޅުމާއި، އިސްލާމް ދިވެހި މާއްދާ މަތީސާނަވީގައި މަޖުބޫރު މާއްދާ އެއްނޫންކަމުގައި ހަދައި އިސްލާމް އަދި ދިވެހީގެ އަހައްމިއްޔަތު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއި، ޢަރަބި އިސްލާމީ ތަޢުލީމު ދޭ މުއައްސަސާ އެއްކަމުގައިވާ އަލްމަދަރުސަތުލް ޢަރަބިއްޔާ އިހުމާލު ކުރުމާއި، މިފަދަ އެތައްކަންތައްތަކެއް ފާހަގަ ކުރަމެވެ.

ޢަދާލަތު ޕާރޓީއިން ”ވަޠަން އެދޭ ގޮތަށް” އިއްތިޙާދުގެ ސަރުކާރުގައި ބައިވެރިވެ ޙިއްސާކުރީ ދީނީ ކަންކަމުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން ދެއްވާ ލަފަޔާއިއެއްގޮތަށް ދީނާއި ގުޅުންހުރި ކަންތައް ގެންދާނެކަމުގެ ގެރެންޓީގެ މައްޗައް ކަމަށް ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ފާހަނގަ ކުރައްވާފައިވެއެވެ.  ނަމަވެސް ދީނާއި ސީދާ ގުޅުންހުރި އެކިއެކި ބޮޑެތި މަސްއަލަތަކުގައި އިސްލާމީ ކަންތަކާއިބެހޭ ވުޒާރާގެ ލަފާ ހޯދަމުން ނުދާ ކަމާއި އަދި އެ މިނިސްޓްރީގެ ފަރާތުން މިފަދަ މަސްއަލަ ތަކުގައި ދެއްވާ ލަފާ އެއީ އެއްވެސް އަގެއްހުރި އެއްޗެއްކަމުގައި ސަރުކާރު ހިންގަވަންތިއްބެވި ފަރާތްތަކުން ނުދެކޭ ކަމަށް ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ޓެގް

އަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.