ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ޙަސަން މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލަ ހުށަހެޅީ ފަހުމީ ސިވިލްސާވިސްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.
ފަހުމީ މަޤާމުން ވަކި ކުރުމަށް ފެންނަ ކަމަށް 38 މެމްބަރުން ، ނުފެންނަ ކަމަށް 32 މެމްބަރުން އަދި ވަކި ކޮޅަކަށް ވޯޓުދެއްވަން ބޭނުންނުވާ ކަމަށް 2 މެމްބަރުން ވޯޓު ދެއްވިއެވެ.
ނަމަވެސް ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އިން ބުނެފައި ވަނީ ފަހުމީ އެކަން ކުރިކަމަށް ސާބިތު ނުކުރެވޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...