ދަރުސް ޚަބަރު އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ގުޅިގެން އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފި

އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ގުޅިގެން އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފި

އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ގުޅިގެން އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން | ދިއިސްލާމް ފޮޓޯ: އަޝްވާގު

އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ގުޅިގެން އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފިއެވެ.

ފަލަސްޠީނުގެ ބިންތަކާއި ބައިތުލްމަޤްދިސް ފޭރިގަނެގެން ތިބި އިޒްރޭލުގެ ޔަހޫދީން ކަނޑުމަގުންނާއި ވައިގެމަގުން ޣައްޒާއަށް ޙަމަލަދީ ޢިމާރާތްތައް ސުންނާފަތިކޮށް އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅިންނާއި، ޣައްޒާގެ ލީޑަރުންނާއި ޢާންމުންގެ އެތައްބަޔަކު، ޝަހީދުކުރަން މިފަހަރު މިފެށީ އިޒްރޭލުގައި އިންތިޚާބު ކައިރި ވާތީ މުސްލިމުންގެ ލެޔަށް ފެންބޮވައިގެންފައިވާ އަނިޔާވެރި ބައެއްގެ ތާއީދު ހޯދުމަށް ކަމުގައި ބުނެވޭކަމަށް މި ނޫސް ބަޔާނުގައި ހާމަކުރެއެވެ.
"ފަލަސްޠީނުގެ މުޖާހިދުން ފޮނުވާ ރޮކެޓް ތަކުން ޒަޔަނިސްޓުންގެ ދެތިން މީހަކު މަރުވެއްޖެ ކަމުގެ ބަހަނާ ދައްކަމުންނެވެ. ފަލަސްޠީނަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނު ތަކާއި ދެކޮޅަށް ޒަޔަނިސްޓުން ހިފައި އަޅުވެތި ކޮށްފައިވާ ޤައުމެކެވެ. އަދި އިޒްރޭލަކީ ބައިނަލް އަޤްވާމީ ހުރިހާ ޤާނޫނުތައް މުގުރަމުންގެންދާ އަދި އިންސާނީ ޙައްޤުތަކަށް ކުޑަވެސް ޙުރުމަތެއް ނުހިތާ ޣައިރުޤާނޫނީ ބައެކެވެ. ފަލަސްޠީނުގައި ބޭއްވުނު މިނިވަން އިންތިޚާބުގައި އެގައުމުގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ވެރިކަމަށް ގެނައީ ޙަމާސް ޖަމާޢަތެވެ. ޙަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާ އިޒްރޭލުން ޙިސާރުކޮށް ޣައްޒާގެ މުސްލިމުން ބަނޑަށާއި ބޭހަށް ޖައްސާފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އިޒްރޭލުގެ އަނިޔާވެރި ކަމަށް ހުޅަނގުގެ ބާރުގަދަ ޤައުމުތަކުން ދީފައިވަނީ ކަނު ލޯތަކެއް." ކަމަށް ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައިވެއެވެ. އަދި ޢަދާލަތު ޕާޓީއިންވަނީ "މިފަދަ ވަގުތެއްގައި މުސްލިމް ދިވެހި ޤައުމުގެ އެންމެހައި އަފްރާދުންނަށް އައުލާވެގެންވަނީ ޣައްޒާގެ ހިތްވަރުގަދަ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު ދެއްވުމާއި އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ކެތްތެރިކަން ދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަށް" އިލްތިމާސްކޮށްފައެވެ.

ޢަދާލަތު ޕާޓީގެ ބަޔާނުގައި އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންނާ އެކީ ދިވެހިރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުންނާއި އެޖިހާދުގައި ބައިވެރިވުމުގެ ގޮތުން (ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ) މި މައުޟޫޢުއަށް ޚާއްޞަ ދަރުސް އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަރުސްގައި ބައިވެރިވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށެވެ.

 

ބަޔާން ވިދާޅުވޭ!

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.