ރާއްޖޭގެ ޚަބަރު އަފްރާޝީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު 4ވަނަ ފަހަރަށް އިތުރުކޮށްދީފި

އަފްރާޝީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު 4ވަނަ ފަހަރަށް އިތުރުކޮށްދީފި

އަފްރާޝީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު 4ވަނަ ފަހަރަށް އިތުރުކޮށްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަލީ ހާޝިމް (ސްމިތު)

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ އަފްރާޝީމް ޢަލީ ގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.

ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްދިން ދެމީހުން ނަކީ ޢަލީ ހާޝިމް (ސްމިތު) އާއި ހަސަން ހުމާމް އެވެ. މިދެމީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ 15 ދުވަހަށް އިތުރު ކޮށްދީފައެވެ.

އަފްރާޝީމްގެ މަރާގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 6 މީހުންނެވެ. ނަމަވެސް އޭގެތެރެއިން މަރިޔަމް ނާއިފާ ވަނީ ކޯޓު އަމުރަކަށް ދޫކޮށްލާފައެވެ.

ސްމިތު އާއި ހުމާމްގެ ބަންދުގެ މުއްދަތު ކޯޓުން މި އިތުރުކޮށްދިނީ ހަތަރުވަނަ ފަހަރަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.