ރާއްޖޭގެ ޚަބަރު އަމީރުލް ޙައްޖު މަދީނާއަށް ވަޑައިގެންފި

އަމީރުލް ޙައްޖު މަދީނާއަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމީރުލް ޙައްޖު މަދީނާއަށް ވަޑައިގެންފިކަމަށް ނޫރުލް އިސްލާމް ވެބްސައިޓުން ހަބަރު ދީފިއެވެ.

ސައުދީ އަރަބިއްޔާއިން އަޕްޑޭޓްކުރަމުން ގެންދާ މިވެބްސައިޓްއިން 10 ނޮވެމްބާރ ގައި ހާމަކޮށްފައިވާ ގޮތުގައި "1431 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރޭ އިރާކޮޅު ވަގުތެއްގައި މަދީނާއަށް ވަޑައިގެންނެވި" ކަމަށެވެ.

މިނިސްޓަރ ޑރ ޢަބްދުލްމަޖީދުގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންނެވިއިރު، ހުންނެވުމަށް ހަމަޖެހިފައިވާ ހޮޓަލުން މަރުޙަބާ ދެންނެވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލްކުރާ ދިވެހި ބައެއް ކުދިންކަމަށްވެސް އެސައިޓްގައި ހާމަކޮށްފައިވެއެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.