ރާއްޖޭގެ ޚަބަރު އިޒުރޭލުން ވައިގެ ހަމަލާތަކެއްދީ ހަމާސް ގެ ކެބިނެޓް ހެޑްކުއާޓާރސް ބިމާހަމަކޮށްލައިފި

އިޒުރޭލުން ވައިގެ ހަމަލާތަކެއްދީ ހަމާސް ގެ ކެބިނެޓް ހެޑްކުއާޓާރސް ބިމާހަމަކޮށްލައިފި

އިޒުރޭލުން ވައިގެ ހަމަލާތަކެއްދީ ހަމާސް ގެ ކެބިނެޓް ހެޑްކުއާޓާރސް ބިމާހަމަކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޮނިހިރު ދުވަހު އިޒުރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ހަމާސް ގެ ކެބިނެޓް ހެޑްކުއާޓާރސް ބިމާހަމަކޮށްލައިފައިވާކަމަށް ހަމާސް ގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

މަންޒަރުދުށް ފަރާތްތަކުންނާއި ހަމާސް ގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި ގާޒާގެ ނާސިރު އަވަށުގައި ހުންނަ މި އިމާރާތް ހަމަލާތަކުގައި ވަނީ ފެންނަ ފެނުމަށް ބިމާހަމަވެފައިވެފައެވެ. "އިޒުރޭލުގެ މި ނާތަހުޒީބު ހަމަލާތަކުގައި ހެޑް ކުއާޓާރސް ވަނީ މުޅިން ހަލާކުވެފައި އަދި ކައިރީގައި ހުރި ގެތަށްވެސް ވަނީ ހަލާކުވެފައި" ހަމާސް ގެ އޮފިޝަލަކު ވިދާޅުވިއެވެ. މީގެ އިތުރުން އުތުރުގެ ޖަބަލިއާ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 35 މީހުންނަށް އަނިޔާވެފައިވާކަމަށް އެމެޖެންސީ ސާރވިސަސްއިން ހާމަކޮށްފައިވެއެވެ. މި ހަމަލާއަކީ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް ޞަލާހްގެ ގެއަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް އެމެޖެންސީ ސާރވިސަސްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އިޒުރޭލުން ދިން ފަހުގެ ހަމަލާތަކޔުގައި މިހާތަނަށް މަދުވެގެން 30 މީހުން މަރުވެ، 280 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.