ރާއްޖޭގެ ޚަބަރު ކާށިދޫގައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ 5 މީހެއްގެ ދަޢުވާ ޕީ.ޖީ އަށް ފޮނުވައިފި

ކާށިދޫގައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ 5 މީހެއްގެ ދަޢުވާ ޕީ.ޖީ އަށް ފޮނުވައިފި

ކާށިދޫގައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ 5 މީހެއްގެ ދަޢުވާ ޕީ.ޖީ އަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ޕޮލިސް

ކ. ކާށިދޫގައި ހިނގި މާރާމާރީއެއްގައި ހިމެނޭ 5 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އުމުރުން 22 އަހަރުގެ ކ.ކާށިދޫ ސާދާގެ، އާދަމް އިބްރާހީމް އާއި އުމުރުން 22 އަހަރުގެ ކ.ކާށިދޫ ހުރަސްފަރު ޢަބްދުﷲ ޣިޔާޝް އާއި އުމުރުން 20 އަހަރުގެ ކ.ކާށިދޫ ހަނދުވަރުދޭގެ، އަޙްމަދު މަބްރޫކް އާއި އުމުރުން 19 އަހަރުގެ ކ.ކާށިދޫ ފެމޯރާ، ޢަލީ ޢަޝްޖަޢު އަދި އުމުރުން 25 އަހަރުގެ ކ.ކާށިދޫ ޔަޤީން، ނިމާލް އަޙްމަދު ގެ މައްޗަށެވެ.

ކާށިދޫގައި މިދިޔަ (2011 ވަނަ) އަހަރު ފެބްރުއަރީ މަހުގެރޭ 21:25 އެހާކަންހާއިރު ހިންގި މާރާމާރީގައި މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށް މި 5 މީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

މި 5 މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.