ރާއްޖޭގެ ޚަބަރު މޯލްޑިވިއަންގެ ފްލައިޓްތަށް އާ މަންޒިލް ތަކަކަށް

މޯލްޑިވިއަންގެ ފްލައިޓްތަށް އާ މަންޒިލް ތަކަކަށް

މޯލްޑިވިއަންގެ ފްލައިޓްތަށް އާ މަންޒިލް ތަކަކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވިއަންގެ ފްލައިޓެއް

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް އާ މަންޒިލްތަކަކަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވިއަންގެ ދަތުރުތަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުންބާއީ ، ޗެންނާއީ ، ޓްރިވެންޑްރަމް އަދި ބަންގްލަދޭޝްގެ ޑާކާއަށެވެ. މިދަތުރުތައް ފަށާނީ މާދަމާ ކަމުގައި ވީނަމަވެސް މިކަމުގެ އިފްތިތާހީ ޖަލްސާއެއް މިއަދު ވަނީ ބާއްވާފައެވެ. ޖަލްސާ އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުއެވެ. މި ޖަލްސާގައި މޯލްޑިވިއަންގެ ފްލައިޓްތައް ތަރައްގީވަމުން އައި ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލެވިފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ކުންފުންޏަށް އިތުރު ބޯޓުތަކެއް ގެނެވި އެ ކުންފުނި އަދިވެސް ތަރައްގީވެގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި އެ ކުންފުނި މަދު ދުވަސްކޮޅެއްގައި ހޯދި ކާމިޔާބަށް ރައީސް ތައުރީފު ކުރެއްވި އެވެ.

އާ މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ ކުންފުނިން ވަނީ އޭ320 މަރުކާގެ ބޯޓެއްވެސް ގެނެސްފަ އެވެ. މިއީ އައިލެންޑް އޭވިއޭޝަންގެ ތާރީހުގައި އެހާ ބޮޑު ބޯޓެއް އެ ކުންފުންޏަށް ގެނައި ފުރަތަމަ ފަހަރެވެ.

އިފްތިތާހީ ޖަލްސާގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.