
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ޓްރާންސްޕޯޓް މިނިސްޓްރީއަށް މިސްރާބުޖަހާފައި | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް
ގަވައިދާ ޚިލާފަށް ޕާކު ކުރާ އުޅަނދު ތަކުގައި ސްޓިކާ ޖެހުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކުރަން ފަށުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން މިއަދު މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާ ފަށާފައިވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ރާޅުގަނޑު ސަރަހައްދުންނެވެ. މިހާރު މުޒާހަރާ ކުރިޔަށްދަނީ ވެލާނާގެކައިރީގައި ކަމަށާއި ގިނަ ޓެކްސީ ޑްރައިވަރުން މަސައްކަތް ހުއްޓާލުމާ ގުޅިިގެން މިހާރު ޓެކްސީއެއް ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ.
ޓެކްސީ ޑްރައިވަރުން އެމީހުންގެ ޓެކްސީތަށް ވަނީ ރާޅުގަނޑު ސަރަހައްދުގައި ޕާކު ކޮށްފައިކަމަށާއި ޑްރައިވަރުންގެ ކުރަމުންދާ ޝަކުވާއަކީ ޓެކްސީތައް ޕާކު ކުރާނެ ތަންތަން ނެތްއިރު އެކަމަށް ހައްލެއް ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން ދިއުމުގެ މައްސަލައެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިކަމުގައި މިނިސްޓްރީގެ ބައެއް އިސްވެރިން އަންނަނީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރަމުންނެވެ. އަދި ސްޓިކާ ޖަހަން ފެށުމުގެ ތާރީޚް ވަނީ އަންނަ ޑިސެމްބަރު މަހަށް ލަސްކުރެފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...