ރާއްޖޭގެ ޚަބަރު ޤައުމުގެ ކުރިމަގު ބައްޓަންކުރާނޭ ގޮތަކާބެހޭ ގޮތުން ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބާއްވަނީ

ޤައުމުގެ ކުރިމަގު ބައްޓަންކުރާނޭ ގޮތަކާބެހޭ ގޮތުން ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބާއްވަނީ

ޤައުމުގެ ކުރިމަގު ބައްޓަންކުރާނޭ ގޮތަކާބެހޭ ގޮތުން ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ހަސަން މަނިކު ރޭ ބޭއްވި ޤައުމީ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ ކުރިމަގު ބައްޓަންކުރާނޭ ގޮތަކާބެހޭ ގޮތުން، ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް ނިންމައިފި ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އިނަމު ދިނުމުގެ ޖަލްސާގައެވެ. ރައީސް ވިދާޅުވީ "މި ޖަލްސާގައި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އެހެނިހެން މަސައްކަތްތެރިންނާއި ތަޢުލީމީ ޤާބިލު މީހުންނާއި ކިޔަވާކުދިންނާއި އަންހެނުންނާއި ޒުވާނުންނާއި ފަނޑިޔާރުންނާއި ވަކީލުން އަދި އަމިއްލަ ޖަމާޢަތްތައްވެސް ބައިވެރިކުރެވޭނެ" ކަމަށެވެ. އަދި "މި ބައްދަލުވުމުން ނެރެން ބޭނުންވާ ނަތީޖާއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލާމެދު ވީހާވެސް ގިނަބަޔެއްގެ ޚިޔާލުހޯދުން" ކަމަށާއި "ޤައުމުގެ މުސްތަޤްބަލުގެ ޗާޓު ކުރެހުމުގައި ކަންކުރަންވީ ގޮތް ވީހާވެސް ގިނަބައެއްގެ ކައިރިން އަހައިގެން ހޯދުން" ކަމަށެވެ.

"ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނެކޭ އެއްފަދައިން، މިރާއްޖެއަށްޓަކައި އަޅުގަނޑުގެވެސް ގިނަ ހުވަފެންތަކެއްވޭ. އަޅުގަނޑުގެ އުންމީދަކީ، ޚިޔާލު ތަފާތުވީ ނަމަވެސް، އެކުގައި މަސައްކަތްކުރެވޭ ރައްޔިތެއް ދިރިއުޅޭ، އަނެކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، މުރާލި އުފެއްދުންތެރި ޤައުމެއް ބިނާކުރުން. އަޅުގަނޑު ބޭނުންވާ ގޮތަކީ، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަ، ރައްކާތެރި އަމާން ޤައުމެއް ބައްޓަންކުރުން. އަޅުގަނޑުގެ މަޤްޞަދަކީ، އުފާވެރި ޢާއިލީ ގުޅުންތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ އިޖުތިމާޢީގޮތުން ދުޅަހެޔޮ ރައްޔިތެއް އާބާދުކުރުން. އަޅުގަނޑުގެ ޢަޒުމަކީ، އެއްބައިވަންތަކަމުގައި ޤައުމު ކުރިއަށް ގެންދިޔުން." ކަމަށް ރައިސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ހުރިހާ ބޭފުޅުން ވެސް އެމަނިކުފާނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވާކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.