ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރޭ ދެއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، އެބޭފުޅުންނަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
މިފަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ، ތިންބޭފުޅަކަށެވެ. އެ ތިން ބޭފުޅުންނަކީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މާފަންނު ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ ޢުމްރީ އާއި، ޞިއްޙީ ދާއިރާއިން، ދިވެހި ބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީ ކުރުމުގެ ރޮނގުން މ.ރަތްމަންދޫ ހަނދުވަރީގޭ އަލްފާޟިލް އާދަމް ޢަލީ އާއި، ޢިމާރާތް ކުރުމާއި، ޢިމާރާތް ފަރުމާ ކުރުމުގެ ދާއިރާއިން، ޢިމާރާތް ކުރުމުގެ ރޮނގުން ގަލޮޅު ގަލޮޅުފެހި އަލްފާޟިލް ޢަބްދުﷲ މުޙަންމަދެވެ.
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 19 ބޭފުޅަކަށެވެ. އެއީ:
1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ދިވެހިބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާ ކުރުމުގެ ރޮނގުން:
އަލްފާޟިލް އާދަމް ޒާހިރު މ. ކުރޮޅި
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް އއ. ތޮއްޑޫ ގިރިޓީގެ
3. ދިވެހި ޘަޤާފަތާއި އާދަކާދައިގެ ދާއިރާއިން: ދިވެހިންގެ ޘަޤާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:
އަލްފާޟިލް ޙަސަން ތައުފީޤު އދ. މަހިބަދޫ ރަތްބަގީޗާގެ
4. ޞިއްޙީ ދާއިރާއިން: ނަފްސާނީ ބަލިތަކާބެހޭ ރޮނގުން:
ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް ހ. ސީސައިޑް
5. ޞިއްޙީ ދާއިރާއިން: ކަސްރަތު ކުރުމާއި، ކަސްރަތު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް ހުސައިން ޒިނާން ހ. ކުރެދިމާގެ
6. ފަތުރުވެރިކަމުގެ ދާއިރާއިން: ފަތުރުވެރިން ރާއްޖެއަށް ޝައުޤުވެރިކުރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ނަޝީދު ގއ. ދެއްވަދޫ މާޖެހިގެ
7. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން: އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ޙުސައިން ރަމީޒް އިބްރާހީމް ނ. ކުޑަފަރީ ހޮޅުދޫގެ
8. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: އުފެއްދުންތެރިކަމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު މާޖިދު ހުޅުމާލެ ފްލެޓް ނަންބަރު: 7-3-02
9. ބޯޓު ބިލްޑިންގގެ ދާއިރާއިން: އުޅަނދުފަހަރު ފަރުމާ ކުރުމާއި، ކިއްސަރު ވަޑާމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ޔޫސުފް ރ. އަލިފުށީ ގުލްރައުނާގެ
10. މަސައްކަތްތެރިކަމުގެ ދާއިރާއިން: ލިޔެލާޖެހުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ޒުބައިރު ބ. ތުޅާދޫ އަސުރުމާގެ
11. ދަތުރުފަތުރުގެ ދާއިރާއިން: ކަނޑު ދަތުރުފަތުރުގެ ރޮނގުން:
ކެޕްޓަން އަޙްމަދު ޒުބައިރު މ. މޯނިންގ ވިލެޖް
12. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މަޢުލޫމާތު ފެތުރުމާއި، ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން:
އަލްފާޟިލް މަސްޢޫދު ޢަލީ ސ. ހުޅުދޫ ހެޕީ ކޯނަރ
13. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: ނޫސްވެރިކަމުގެ ރޮނގުން:
އަލްފާޟިލް އިސްމާޢީލް ނަޞީރު ބ. އޭދަފުށީ މަތިހާ
14. ކުޅިވަރުގެ ދާއިރާއިން: ކުޅިވަރު ކުޅުމާއި، ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އަލްފާޟިލާ އާމިނަތު ޙަލީމް މ. ފްލޭގް
15. ކުޅިވަރުގެ ދާއިރާއިން: ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ރިޔާޒު ވ. ނަލަދުވެލި
16. ވިޜުއަލް އާޓްސްގެ ދާއިރާއިން: ކުރެހުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ސުވައިބު މ. ނޫވިލު
17. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން:
އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު ވ. ކަންދު
18. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: ލަވަކިޔުމުގެ ރޮނގުން:
ސްޓާފް ސާޖެންޓް ޙުސައިން ޢަލީ ފ. ނިލަންދޫ ފެހިވިނަ
19. އެޕްލައިޑް އާޓްސްގެ ދާއިރާއިން: ފެޝަން ޑިޒައިނިންގ އާއި ޑެކަރޭޓިވް އާޓްސްގެ ރޮނގުން
އަލްފާޟިލް އިބްރާހީމް ޢަލީ ގ. އެތުމާވިލާ
އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ޝުކުރު ދެންނެވީ، ޞިއްޙީ ދާއިރާއިން، ނަފްސާނީ ބަލިތަކާބެހޭ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހެންވޭރު ސީސައިޑް ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒްއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...