ރާއްޖޭގެ ޚަބަރު

ރިއޯ ޤުރުއާން ކުލާހުގެ ރިޕޯޓް ފޮތް ދިނުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ފޮޓް: ކުޅުދުއްފުށީ އޮންލައިން

ފޮޓް: ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ ރިއޯ ޤުރުއާން ކުލާހުގެ ރިޕޯޓް ފޮތް ދިނުމާއި އިނާމު ދިނުމުގެ ޖަލްސާ އިއްޔެ ބާއްވައިފި އެވެ.

 

ކުޅުދުއްފުށީ އޮންލައިންގައި ވާގޮތުން އިއްޔެ ހަވީރު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮތް މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރ ފާތުމަތު އަބޫބަކުރެވެ.

 

މިރަސްމިއްޔާތުގައި ޤުރުއާން ކުލާހުގެ އެކި ވަނަތަކަށް ވަނީ ތައްޓާއި އިނާމް ދީފައެވެ. މިގޮތުން ހުރިހާގޮތަކުން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އައިމިނަތު މިންހާ މުހައްމަދު، ނަސްރީނުގެ އެވެ. 2 ވަނައަށް ހޮވިފައިވަނީ ރީނދޫމާގޭ މަރިޔަމް މަންހާ ޔޫނުސް އެވެ. އަދި 3 ވަނައަށް ގޮސްފައި ވަނީ އާއިޝަތު ޝާލިޔާ، ނަރުގިސްވިލާ އެވެ.

 

އަދި ހަމަ މިއާއެކު ޤުރުއާންކުލާހުގެ އަޚްލާގީ ގޮތުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ އިސްމާއިލް ރިއުމާން، ވަށަފަރުގެ އެވެ. މީގެ އިތުރުން ވެސް ވަކިވަކި ކުލާސް ތަކުން އެއްވަނަ، ދެވަނަ، އަދި ތިންވަނަ އަށް ދިޔަ ދަރިވަރުންނަށާއި މިއަހަރު އަންމާފޮތް ހިތުން ދަސްކޮށްފައިވާ 4 ދަރިވަރަކަށާއި ނަމާދުގެ ނިޔަތްތައް ދަސްކޮށް ކިޔައިދީފައިވާ ދަރިވަރުންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ދީފައެވެ. އިނާމް ދިނުމުގެ މިރަސްމިއްޔާތުގައި ސްކޫލްތަކުގެ ޤުރުއާން މުދައްރިސުން ވަނީ ބައިވެރި ވެފައެވެ.

 

ރިއޯ ޤުރުއާން ކުލާހަކީ މިދިޔަ އަހަރުން ފެށިގެން ހިންގަމުން އަންނަކުލާހަކަށް ވާއިރު، މިއަހަރު 245 ދަރިވަރަކު ވަނީ މި ކުލާހުގައި ކިޔަވާފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *