ރާއްޖޭގެ ޚަބަރު ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ 4 މީހަކު ނ. ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ 4 މީހަކު ނ. ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ 4 މީހަކު ނ. ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ބޭރުފައިސާއާއި ތަކެތި ހޯދައި އެކަމުގައި ތުހުމަތު ކުރެވޭ 4 މީހަކު ނ. ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ސައިޓްގައި ވާގޮތުން މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 20 އަހަރުގެ ދެ ފިރިހެނުންނާއި 26 އަހަރާއި 27 އަހަރުގެ ފިރިހެނެކެވެ.
މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހު 09 ވަނަ ދުވަހު ނ. ވެލިދޫ ޑޭޒީވިލާ ގެއިން ގިނަ ޢަދަދެއްގެ ބޭރު ފައިސާއާއި ތަކެތި ގެއްލިގެން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން މިތަކެތި ހޯދުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެކި ދުވަސް މަތިންކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ހާމަކުރައްވާ ގޮތުގައި ޑޭޒީމާގެއިން ގެއްލިފައިވާ ބޭރު ފައިސާއާއި ރަނުގެ ގަހަނާތަކާއި ކެނޮން 02 ކެމެރާ ފުލުހުން ހޯދާފައިވަނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން އުމުރުން 20 އަހަރުގެ މީހެއްގެ ގެއިންނާއި އަދި އެކި މީސްމީހުންނަށް ވިއްކާފައި ވަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.