ރާއްޖޭގެ ޚަބަރު ޓްރާންސްޕޯޓް މިނިސްޓަރ ޑރ ޝަމްހީދު މަޤާމުން ވަކި ކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރ ޑރ ޝަމްހީދު މަޤާމުން ވަކި ކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރ ޑރ ޝަމްހީދު މަޤާމުން ވަކި ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ އަހުމަދު ޝަމްހީދް | ދިއިސްލާމް ފައިލް ފޮޓޯ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑރ އަހުމަދު ޝަމްހީދު މަޤާމުން ވަކި ކޮށްފިއެވެ.

މިނިސްޓަރު ޑރ. ޝަމްހީދު މަގާމުން ވަކިކުރެއްވީ ކަނޑައެޅިގެން ކީއްވެގެން ކަމެއް ސަރުކާރުން އަނގާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މާމިގިލީ އެއާޕޯޓްގެ ކުއްޔަށް ދިނުމުގެ މުއްދަތު 99 އަހަރަށް އިތުރުކޮށްދެއްވި ކަމަށް ޝަމްހީދު އިއުލާންކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ އަށް މާމިގިލި އެއާޕޯޓް 99 އަހަރަށް ކުއްޔަށް ދިނުމަށް ނިންމީ މިދިޔަ ހަފުތާގައި ބޭއްވި އިކޮނޮމިކް ކޮމެޓީގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ އިސްތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޝަމްހީދު މިނިސްޓަރު ކަމުން ވަކިކުރެއްވުމުން އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު މުޙަންމަދު ނާޒިމްއާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ދެންވެސް އައްޔަން ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވީ ޑރ. ޝަމްހީދު ވަކިކުރެއްވި ސަބަބެއް އަދި ހާމަކުރެއްވެން ނެތް ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ޑރ. ޝަމްހީދުގެ ބައިވަރު މައްސަލަތަކެއް އައިސްފައިވާ ކަމަށާއި އަދި އެންމެ ފަހުން އައިސްފައިވަނީ މާމިގިލީ އެއާޕޯޓްގެ މައްސަލަ ކަމަށެވެ.

ޝަމްހީދު މަގާމުން ވަކި ކުރި މައްސަލާގައި އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.