ރާއްޖޭގެ ޚަބަރު ފަރުޟު ޙައްޖު އަދާކުރަން ދާމީހުންނަށް އިސްކަން ދޭގޮތަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި

ފަރުޟު ޙައްޖު އަދާކުރަން ދާމީހުންނަށް އިސްކަން ދޭގޮތަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި

ފަރުޟު ޙައްޖު އަދާކުރަން ދާމީހުންނަށް އިސްކަން ދޭގޮތަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ޙައްޖުވެރިން | ފޮޓޯ: ދިއިސްލާމް

ޙައްޖަށް ދާމީހުންގެ ތެރެއިން ފަރުޟު ޙައްޖު އަދާކުރުމަށް ދާމީހުންނަށް އިސްކަން ދޭގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފިއެވެ.

މިނިސްޓްރީން ހާމްކުރައްވާ ގޮތުގައި މިއަހަރުން ފެށިގެން ޙައްޖަށް ދިއުމުގެ އުސޫލްތަކަށް ބަދަލުގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބަދަލު ގެނައުމުން ޙައްޖުގެ ކޯޓާގެ ތެރެއިން އަލަށް ޙައްޖަށްދާ މީހުންނަށް ވަރަށް ބޮޑަށް ފުރަޞަތު ފަހިވެގެން ދާނެކަމަށްވެސް ހާމަކުރައްވައެވެ.

އަދި އިސްލާމީ ބައެއް ޤައުމުތަކުގައި އޮންނީ ފަރުޟު ޙައްޖު ކޮށްފައިވާ މީހުންނަށް ދެން ޙައްޖަށް ދެވޭނީ 5 އަހަރު އަހަރު ފަހުން ކަމަށާއި އެއީ ކޯޓާއިން އެހެން މީހުންނަށް ޖާގަ ދިނުމަށްޓަކައި ކަމަށްވެސް ހާމަކުރައްވައެވެ.

މިއީ ރާއްޖޭއަށް ގެނެވޭނެ ހެޔޮ ބަދަލެއް ކަމަށް ދެކިލައްވާކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.